ށ އިން އދ އަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
މެޓް އޮފީހުން ބުނީ ހުދު ސަމާލު ނެރެފައިވަނީ ށ އަތޮޅުން އދ އަތޮޅަށް ކަަމަށެވެ. ސަމާލު ނެރުނީ މިރޭ 12:00 އިން ފެށިގެން ހެނދުނު 6:00 އަށް އެވެ.
މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު ނިމުގައި ވައި ޖެހޭނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މާލެ ސަރަހައްދަށް މިއަދު ހެނދުން ފެށިގެން ދޭތެރެ ދޭތެރެއިން މޫސުން ގޯސްވެ ވާރޭވެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ