ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ދެ ހަފުތާގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 ޕަސަންޓު އިތުރުވެއްޖެ އެވެ.
މި މުއްދަތުގައި ރާއްޖެއަށް ޖުމްލަ 99،350 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 90،659 ޓޫރިސްޓުންނެވެ. މިއީ އަހަރުގެ ފެށުން ރަނގަޅުވެ، ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ކުރިއެރުމެއްކަން ފާހަގަކުރެވެ އެވެ.
ވަކިވަކި ގައުމުތަކަށް ބަލާއިރު މި މުއްދަތުގައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން 16،868 މީހުން އައިއިރު، ދެވަނައިގައި އޮތް އިޓަލީން 11،987 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. ތިންވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، ގަދަ ދިހަ ގައުމުގެ ތެރޭގައި ޖަރުމަނު، ޗައިނާ، އިންޑިއާ، އެމެރިކާ، ފްރާންސްގެ އިތުރުން ކަޒަކިސްތާން އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. މީގެ ތެރެއިން އަވަށްޓެރި އިންޑިއާ އުޅެނީ ލިސްޓުގެ ހަ ވަނައިގަ އެވެ.
ޓޫރިސްޓުން ރާއްޖެ އައި މަގުތަކަށް ބަލާއިރު، ގިނަ މީހުން އައިސްފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށެވެ. އެއީ 98،012 ޓޫރިސްޓުންނެވެ. މީގެ އިތުރުން މާފަރު، ގަން، ހަނިމާދޫ، މާމިގިލި އަދި ދާލު އެއާޕޯޓު މެދުވެރިކޮށް ވެސް މަދުން ނަމަވެސް ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފަ އެވެ.
ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައި ވަނީ ރިސޯޓުތަކުގަ އެވެ. އެއީ 68،881 ޓޫރިސްޓުންނެވެ. ގެސްޓްހައުސްތަކުގައި 25،407 ޓޫރިސްޓުން ތިބިއިރު، ހޮޓާތަކާއި ސަފާރީތަކުގައި ވެސް ޓޫރިސްޓުން ވަނީ ޗުއްޓީ ހޭދަކޮށްފަ އެވެ. މިވަގުތު ރާއްޖޭގައި 179 ރިސޯޓާއި 976 ގެސްޓްހައުސް އަދި 173 ސަފާރީ އަންނަނީ ހިންގަމުންނެވެ.
ދުވާލަކު 7،000 ޓޫރިސްޓުން: މި އަހަރުގެ ފެށުން ރަނގަޅު ތާރީހުގައި ވެސް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރި މަހަކަށް ޑިސެމްބަރު ވެއްޖެ ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ބިންގާ: ނަޝީދު އައްޑޫއަށް މި އަހަރު ޒިޔާރަތްކުރީ 17،763 ޓޫރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ