ސަރުކާރުގެ މަސްކުންްފުނި، މިފްކޯ އިން ވިއްކާ ދަޅުމަހުގެ އަގު މިދިޔަ ހޯމަ ދުވަހު ބޮޑުކުރުމަށް ފަހު، ހަމަ އެ ދުވަހު އަލުން ކުރީގެ އަގަށް ތިރިކުރިއިރު މަސްދަޅުގެ އަގު ބޮޑުކުރީ ސަރުކާރަށް ނޭނގި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު އުފުލި، މުދާ ހުސްވުމަކީ ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާގޮތެއް ނޫން ކަމަށެވެ.
ބުނީ ކީކޭ؟ - "...މިފްކޯ އިން މަސްދަޅުގެ އަގަށް ބަދަކު ގެނައިރު އަޅުގަނޑުމެންނަކަށް ނޭނގެ އެކަމެއް. މިފްކޯ އަކީ ވަކި މެނޭޖުމެންޓެއް އޮންނަ ސަރުކާރުގެ ކުންފުންޏެއް. އަޅުގަނޑު މި ދަންނަވަނީ ކޮންމެހެން [ބަދަލު ގެނައިކަން] އެނގެން ޖެހޭނެއެކޭ ވެސް ނޫން. ނަމަވެސް މި ހާލަތުގައި ސަރުކާރާއި ސަރުކާރާ ގުޅުން އޮންނަ ކުންފުންޏަކުން ކަމެއް ކުރިޔަސް ރައީސް އަށް ބޭނުންވާނެ އެ މައުލޫމާތު،" ސައީދު ވިދާޅުވި އެވެ.
"އެއީ ހަނގުރާމައިގެ ހާލަތެއް ދުނިޔޭގައި ހިނގަމުންދާ ވަގުތެއް. ރައީސްގެ އޮބްޖެކްޓިވް އެއް ނޫން ރާއްޖެއިން އެއްވެސް އެއްޗެއް ހުސްވުމަކީ ވެސް. އެއްވެސް އެއްޗެއް ލިބުން ދަތިވުމަކީ ވެސް. އަދި އެއްވެސް އެއްޗެއްގެ އަގު ބޮޑުވެގެން ދިޔުމަކީ ވެސް."
މިނިސްޓަރު ވިދާޅުވީ ޓްރޭޑު މިނިސްޓަރުގެ ހައިސިއްޔަތުން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލު މޮނީޓާކުރައްވާ ކަމަށާއި މަސްދަޅުގެ އަގު ބޮޑުވިކަން ނޫސްތަކުން އެނގުނު ހިސާބުން އެކަމަށް އެޑްރެސްކުރައްވަން ފެއްޓެވިކަމަށެވެ.
"ފާޑުކިޔުން އަމާޒުވެގެންނެއް ނޫން މަސްދަޅުގެ އަގު ހެޔޮ ކުރަން ދިމާވީ. ސަރުކާރުގެ އެއްވެސް ހިދުމަތެއް، ސަރުކާރުން ގެންނަ އެއްވެސް އެއްޗެއްގެ އަގު ހަނގުރާމައާހެދި ބޮޑުވާކަމަށްވަންޏާ އެކަން މިހާރު އޮންނަ ޕްރޮޓޮކޯލްގެ ތެރޭގައި ވަރަށް ބޮޑަށް ދިރާސާކުރުމަކީ ކުރަން ޖެހޭނެ ކަމެއް."
ސައީދު ވިދާޅުވީ ނޫހުގެ ހެޑްލައިނުން އަގަށް އައި ބަދަލު އެނގުނުތާ40 މިނެޓު ތެރޭ އެއަށް އެޓެންޑުވި ކަމަށެވެ.
"މަޝްވަރާނުކޮށް، މި ދަނޑިވަޅުގައި ކަމެއް ގޮސްގެން ރައްޔިތަކަށް އެއިން ނޭދެވޭ އިމްޕެކްޓެއް އަންނަން ރައީސް ބޭނުންފުޅެއް ނުވާނެ. ސަރުކާރުން ބޭނުމެއް ނުވާނެ. އެއީއެއް ނޫން ސަރުކާރުގެ މަގުސަދަކީ."
ސައީދު ވިދާޅުވީ މަސްއަގު ބޮޑުކުރަމަކީ މިފްކޯގެ މަގުސަދު ކަމުގައި ނުވެދާނެ ކަމަށާއި އެއީ ހާލަތުގެ ގޮތުން ނަގަން ޖެހުނު ކޮމާޝަލް ޑެސިޝަންއެއް ކަމަށް ވެދާނެ ކަމަށެވެ.
"ނަމަވެސް ސަރުކާރުގެ ކުންފުންޏެއް ވީމާ ސަރުކާރަށް މި ވާހަކަ ދެއްކޭނެތީ ގުޑް ގަވަނެންސްގެ ތެރެއިން ކޯޕަރޭޓް ގަވަނެންސް ނިޒާމުގެ ތެރެއިން އެޑްރެސް ކުރަންޖެހޭނެ ކަންތަކަށް އެޑްރެސްކޮށްގެން ކުރިއަށް ގެންދާނީ."
އެނގުން މުހިއްމު - މިފްކޯ އިން ވިއްކާ ތެޔޮ މަސްދަޅަކުން 1ރ. ބޮޑުކުރަން ނިންމީ އެ ކުންފުނިން ކުރިން ބުނިގޮތުގައި މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ލޮޖިސްޓިކް އާއި އެއާ ގުޅިފައި އެހެން ކަންކަން ވެސް ބޮޑުވުމުން، ކޮންމެހެން ގެންނަން ޖެހިގެންނެވެ.
އެގޮތުން
17.5ރ.އަށް ވިއްކި ތެޔޮ މަސް ދަޅު 18.5ރ.އަށް ބޮޑު ކުރި؛
769ރ.އަށް ވިއްކި ތެޔޮ މަސްދަޅު ކޭސް މިހާރު 800ރ.އަށް ބޮޑު ކުރި
މިފްކޯ އިން މަސްްދަޅުގެ އަގު ބޮޑުކުރީ ސަރުކާރަށް ނޭނގި: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ