ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރޯޑް ޑިވެލްޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރަސްމީކށް ފަށައިފިއެވެ.
މިއީ އެ ރަށުގެ ދަތުރުފަތުރާއި އުމްރާނީ ތަރައްޤީއަށް އަމާޒުކޮށްގެން ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައިގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ސަރުކާރުގެ ބަޖެޓުން ހިންގާ މި މަޝްރޫޢަށް ޖުމްލަ 53,965,168 ރުފިޔާ ޚަރަދުވާނެ ކަމަށް އާރްޑީސީން މަޢުލޫމާތުދެއެވެ. މި މަޝްރޫޢުގެ ދަށުން މީދޫގެ ޖުމްލަ 10 މަގެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ތާރު އަޅައިގެން ތަރައްޤީ ކުރާ އަށް މަގާއި، ގައު އަތުރައިގެން ހަދާ ދެ މަގު ހިމެނެއެވެ.
މި މަސައްކަތް އާރްޑީސީއާ ޙަވާލުކުރައްވާފައިވަނީ، ރައީސް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.
ދ.މީދޫ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ