މިހާރު ކުރިއަށްދާ، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ރޭ ކުޅުނު މެޗުތަކަށް ފަހު، އައްޑޫ ސިޓީގެ ސެމީ ފައިނަލުން މަރަދޫ އާއި ފޭދޫގެ އިތުރުން ހިތަދޫ އަށް ސެމީ ފައިނަލުގެ ޖާގަ ޔަގީންވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް މުބާރާތުގައި މި ފަަހަރު ޖުމްލަ އެކު ހަ ޓީމެއް ކުޅެ އެވެ. އެއީ، ތިން ޓީމުގެ ދެ ގްރޫޕެވެ. އެ ގޮތުން، ރޭ އައްޑޫ ސިޓީގެ ދެ މެޗެއް ވަނީ ކުޅެފަ އެވެ. މަރަދޫ ފޭދޫ އަތުން 3-1 އިން ފޭދޫ މޮޅުވިއިރު، މަރަދޫފޭދޫ ދެ މެޗުން ބަލިވެ، ފޭދޫ އާއި މަރަދޫ އަށް ވަނީ އެ ގްރޫޕުން ސެމީގެ ޖާގަ ޔަގީންވެފަ އެވެ.
އަނެއް ގްރޫޕްގައި ރޭ ހިތަދޫން ކުޅުނު ފުރަަތަމަ މެޗުން ވަނީ 2-0 އިން ހުޅުދޫ ބަލިކޮށްފަ އެވެ. މި ގްރޫޕުން ހިތަދޫ އަށް ސެމީ ޔަގީންވިއިރު، އަތޮޅު ސެމީގެ ފަހު ޖާގަ ކަނޑައެޅޭނީ މި ގްރޫޕްގެ ފަހު މެޗުގައި، ހިތަދޫ އާއި މީދޫ ކުޅެގެންނެވެ.
ހުޅުދޫގެ ޝަމްހާދު (ވ) ކައިރިން ހިތަދޫގެ ހަތީ ބޯޅަ ހޯދަން މަސައްކަތް ކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ
ރޭ ކުޅުނު މެޗުގައި، ފޭދޫގެ ލަނޑުތައް ޖެހީ ޔޫސުފް ސިދާމް އަލީ (ސިއްކޮ) އާއި މުހައްމަދު ސަޔަމް ސައީދު އަދި އަހުމަދު ޒައުލް ނާޒިމް އެވެ. މެޗުގައި، މަރަދޫފޭދޫގެ ހަމައެކަނި ލަނޑު ޖެހީ ހުސައިން ޝާމިން އެވެ.
ރޭ ހުޅުދޫ ކޮޅަށް ހިތަދޫގެ ލަނޑުތައް ޖެހީ އީމާން ނަޒީރު އާއި ޓީމުގެ ކެޕްޓަން، ހާޒިމް ފައުޒީ (ހަތީ) އެވެ. ހިތަދޫގެ ކޯޗަކީ، މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު، ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ހަތަރު މެޗު އަދި މިރޭ އަށް މެޗު ކުޅޭނެ އެވެ.
16:00 - ކ. ހިންމަފުށި - ކ. މާފުށި
16:00 - ގއ. ދެއްވަދޫ - ގއ. ނިލަންދޫ
17:00 - ކ. ގުރައިދޫ - ކ. ކާށިދޫ
17:00 - ކ. ދިއްފުށި - ކ. ގުޅި
--------------------------------------------
20:00 - އއ. ހިމަންދޫ - އއ. ތޮއްޑޫ
20:00 - އއ. މާޅޮސް - އއ. މަތިވެރި
21:00 - ލ. މާވަށް - ލ. މުންޑޫ
21:00 - ލ. ފޮނަދޫ - ލ. އިސްދޫ
22:00 - ލ. ގަން - ލ. ދަނބިދޫ
22:00 - ލ. ކުނަހަންދޫ - ލ. ކަލައިދޫ
23:00 - ގއ. ގެމަނަފުށި - ގއ. ކޮލަމާފުށި
23:00 - ގއ. ކަނޑުހުޅުދޫ - ގއ. ދާންދޫ
އައްޑޫގެ ސެމީން މަރަދޫ އާއި ފޭދޫ އަދި ހިތަދޫން ވެސް ޖާގަ ހޯދައިފި އައްޑޫގެ ސެމީން މަރަދޫ އާއި ފޭދޫ އަދި ހިތަދޫން ވެސް ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ