ބަނގުރާ އުފައްދައި ވިއްކުމުގެ ތުހުމަތުގައި 5 ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުކޮށްލަނީ
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ފަސް ބިދޭސީން ހައްޔަރުކޮށް، ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގައި ބަނގުރާ އުފައްދައި، ގެންގުޅެ ބޭނުންކޮށް އަދި ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކުރީ ޑުރަގު އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ. ހައްޔަރުކުރީ: ޑިއު ކުމަރް މެޔޮންގްބަ، ނޭޕާލް (30އ) ސުމަން އަދިކަރި ، ނޭޕާލް (26އ) މޮޒައްމެލް، ބަންގްލަދޭޝް (43އ) ރާމްޖި ޕަރިޔަރް. ނޭޕާލް (38އ) ބިކްރަމް ނެޕަލި، ނޭޕާލް (27އ) އެ މީހުން ހައްޔަރުކުރީ ހޯމަ ދުވަހެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގެ ތެރެއިން މާލޭގެ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި ފުޅިތަކަކާއި ބަނގުރާ އުފައްދަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށެވެ. ފަސް މީހުން ވެސް ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށް ވެސް ބުންޏެވެ. މި ފަހުން ބަނގުރަލާއި މަސްތުވާތަކެތީގެ އެހެން ބާވަތްތަކުގެ ވިޔަފާރީގައި ވެސް ފުޅާ ދާއިރާއެއްގައި ބިދޭސީން ހަރަކާތްތެރިވާ މައްސަލަ ބޮޑެވެ. އެ ފަދަ މީހުން ދޭތެރެދޭތެރެއިން ހައްޔަރު ވެސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ