ސޮނެވާ ޖާނީ ރިސޯޓުގެ އިމާރާތެއްގައި އިއްޔެ ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ހަތް ގަޑިއިރު ވަންދެން ކުރި މަސައްކަތުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އިއްޔެ މެންދުރުފަހު 2:10 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އަލިފާން ރޯވީ ތިން ބުރިއަށް ހަދާފައިވާ ”ގެދަރިން“ އިމާރާތުގައެވެ. އެ އިމާރާތަކީ ސޮނެވާ ޖާނީގެ މުހިންމު ތަންތަން ހިމެނޭ އިމާރާތެކެވެ.
އެމްއެންޑީއެފް އިން ބުނީ، އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔާ ސްޓޭޝަނުން އެ ރިސޯޓަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި އެގޮތުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 9:00 ހާއިރު ކަމަށެވެ.
އަލިފާނުގެ ހާދިސާގައި އިމާރާތް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާއިރުމ އެއްވެސް މީހަކަސް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ، އަލިފާން ނިއްވުމުގައި ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުން އެހީތެރިކަން ލިބުނު ކަމަށެވެ.
ރޯވި ސޮނެވާ ޖާނީ ރިސޯޓުގެ އިމާރާތް އަނދައިހުލި، އަލިފާން ނިއްވާލެވުނީ 7 ގަޑިއިރުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ