ހެލްތު މިނިސްޓްރީގައި ސިޔާސީ ވަޒީފާގައި 30 މީހުން
ހެލްތު މިނިސްޓްރީގައި ސިޔާސީ އެކި ވަޒީފާތަކުގައި ޖުމްލަ 30 މީހުން ތިބިކަން ހާމަކޮށްފިއެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހޯދައި، "ސަން"އަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު މިނިސްޓަރުގެ މަގާމު ހިމެނޭހެން ޖުމްލަ 30 މީހަކު އެ މިނިސްޓްރީގައި ސިޔާސީ ވަޒީފާގައި އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ވަޒީފާތައް ބެހިފައިވާ ގޮތަކީ: މިނިސްޓަރު: 1 މިނިސްޓަރުގެ ޕާސަނަލް ސެކެޓްރީ: 1 ސްޓޭޓް މިނިސްޓަރު: 5 ޑެޕިއުޓީ މިނިސްޓަރު: 7 (ރައީސް އޮފީސް ސައިޓުގައި ފެންނަނީ ހަތަރު ބޭފުޅުން. ބާކީ ތިން ބޭފުޅުންގެ މައުލޫމާތު ނެތް) ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު: 10 ޕޮލިޓިކަލް ޑިރެކްޓަރު: 6 ބެލެވޭ ގޮތުގައި މި 30 ސިޔާސީ ވަޒީފާގެ މަހު މުސާރައަށް، މަހަކު ޖުމްލަ މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެއެވެ. މި އަހަރުގެ ބަޖެޓުގައި ހެލްތު މިނިސްޓްރީއަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ ދީފައިވެއެވެ. އޭގެ ތެރެއިން މިހާތަނަށް 564.4 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ވުޒާރާތަކުގައި ވެސް ސިޔާސީ މަގާމުތައް އެތައް ސަތޭކައިން ހުރިއިރު، ކުންފުނިތަކުން ވެސް، ތަޖުރިބާއެއް ނެތް މީހުންނަށް ސިޔާސީ ވަޒީފާތައް ބޮޑެތި މުސާރާގައި ދީފައިހުރި މައްސަލައަށް އާންމު ރައްޔިތުންގެ ނުރުހުން އަންނަނީ ވަރަށް ބޮޑަށް އަމާޒުވަމުންނެވެ. މި ސަރުކާރުން ބުނަނީ ސިޔާސީ މަގާމުތަކުގެ އަދަދު ހުރީ 700ގައި ކަމަށެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އެކަން ގަބޫލުނުކުރާއިރު، އެޕާޓީން ތުހުމަތުކުރަނީ އެ އަދަދު 2،000އާ ގާތްކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ