މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބިމާބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހް ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަނީ ގާނޫނުތަކުގެ އަކުރުތަކާއި ފިލިތަކަށް ކުދި ބަދަލުތައް ގެނެސްގެން ގާނޫނުތަކުގެ އަސްލު ގެއްލުވާލުމަށް ކަމަށެވެ.
"ބިމާ ބެހޭ ގާނޫނުގެ ކޮން މާއްދާއެއްގެ ކޮން ތަނެއްގަ ތޯ އޮތީ ދިވެހި ރާއްޖޭގެ ނުހިއްކާ އޮތް ކަނޑަކުން މީހަކަށް ބިން ދީފަ ރަޖިސްޓްރީ ހަދާ ވާހަކަ؟ މީ ލަދުގަންނަން ޖެހޭ ނޫންތޯ އެމްޑީޕީ ބޭފުޅުން ބިމާ ބެހޭ ގާނޫނޭ ކިޔާފަ އިއްޔެ މިތަނަށް ވަޑައިގަތުމަށް." ފަލާހް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް އަލިއަޅުވާލައްވަމުން ފަލާހް ވިދާޅުވީ، އެ އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށް، އެންމެ ގިނަ ރައްޔިތުންގެ ތާއީދު ހޯދާފައިވަނީ ސަރުކާރު ހިންގާ ޕީއެންސީން ކަމަށެވެ. އަދި އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ހަގީގަތް އޮޅުވާލައިގެން ރައްޔިތުންނަށް މަލާމާތް ކުރުމަށް ކަމަށް ވިދާޅުވެ ފަލާހް ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކުދި ބަދަލުގެނެސް ގާނޫނުތައް ހަރާބުކުރުމަކީ އެމްޑީޕީގެ ސިޔާސަތެއް: ފަލާހް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ