މަރާމާތުކުރުމަށް ރަސްފަންނު ވަގުތީގޮތުން ބަންދުކޮށްފި

ރަސްފަންނު މަރާމާތުކުރުމަށް، އެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާންގައި ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާކަމަށެވެ. އެެހެންކަމުން އެ ސަރަހައްދުގެ މަސައްކަތް ހިނގާ މުއްދަތުގައި މަސައްކަތް ކުރިއަށް ގެންދާ ސަރަޙައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެކަން އާއްމުކޮށް އަންގާ އިޢުލާންކުރާކަމަށެވެ. ރަސްފަންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްްޤީކުރި ސަރަހައްދެކެވެ. އޭގެ ފަހުންވެސް އެ ސަރަހައްދަށް އެކިއެކި މައްސަލަތައް އައީ ކުރިމަތިވަމުންނެވެ. އެެހެންކަމުން އެކަންކަމަށް ވަގުތީ ހައްލުތަކެއް އައީ ހޯދަމުންނެވެ. ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތްތައް، ސިޓީ ކައުންސިލުން ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހަވާލުކޮށްފައިވާކަމަށް މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އޭރު މަރާމާތުތަކެއް ކުރަންފަށަން ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ. https://sun.mv/202832 ލޯކަލް ކައުންސިލް އިންތިހާބުގެ ކެންޕެއިން ތެރޭގައި، ރައީސް މުއީއްޒު ވަނީ ރަސްފަނާއި ސަލްޓަން ޕާކު މަރާމާތުކޮށް ތަރައްގީ ކުރައްވާނެކަމަށް ވެސް ވިދާޅުވެފައެވެ. ރަސްފަންނުގެ މަރާމާތުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓްރީން ބުނެފައިވާއިރު، އަމީނީމަގުގެ ތާރުގަނޑުން ނަގާފައިވާ ބޮޑެތި "މުލިހި" ތަކާހެދި މަގުގައި ދުއްވުމަށް ވަނީ ނުރައްކާވެފައެވެ. ނަމަވެސް، އެކަން ހައްލުކޮށްދޭން އަދި މަސައްކަތެއް ނުފަށައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ