މަރާމާތަށް ރަސްފަންނު ބަންދުކޮށްފި

ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތަށް އެތަން ވަގުތީގޮތުން ބަންދުކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ކުރި އިއުލާނެއްގައި ބުނީ ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން ރަސްފަންނު ވަގުތީގޮތުން އާންމުންނަށް ބަންދުވާނެ ކަމަށެވެ.
އެ މަސައްކަތް ހިނގާ މުއްދަތުގައި، މަސައްކަތް ކުރިއަށްގެންދާ ސަރަހައްދުތައް ވަގުތީގޮތުން ބަންދުކުރަމުންދާނެ ކަމަށް މިނިސްޓްރީގެ އިއުލާންގައި ބުންޏެވެ.
ރަސްފަންނާއި މާލޭގެ ޕާކުތަކުގެ މަރާމާތުގެ މަސައްކަތްތައް މާލޭ ސިޓީ ކައުންސިލުން ގަވާއިދުން ކޮށްފައިނުވާތީ، އެތަންތަން ވީރާނާވަމުންދާކަން މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެތަންތަން މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެއެވެ.
ރަސްފަންނު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެމްޓީސީސީންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ