ކައުންސިލު އިންތިޚާބުގައި ޕީއެންސީއަށް 98 ޕަސެންޓު ލިބޭނެ: ޖަނާބު އިއްބެ
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީއަށް 98 ޕަސެންޓު ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު އިއްބެ) މިރޭ ވިދާޅުވެއްޖެއެވެ. ކައުންސިލު އިންތިޚާބުގައި ޕީއެންސީން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ޓަކައި އެ ޕާޓީން ޕްރައިމަރީ ބޭއްވީ މިދިޔަ މަހުގެ 27ވަނަ ދުވަހެވެ. https://sun.mv/215989 'އެސްއެސްޓީވީ'ގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިބްރާހީމް ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ކައުންސިލު އިންތިޚާބަށް ޕީއެންސީން އަންނަނީ ތައްޔާރުވަމުން ކަމަށާއި، މިހާރު ކުރިއަށް ދަނީ ކެންޑިޑޭޓުންގެ ކަންކަން ފައިނަލްކުރުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވީ މި ހަފުތާގެ ނިޔަލަށް އެ މަސައްކަތް ނިމޭނެ ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން މި އިންތިޚާބުގައި ޕީއެންސީން 1،300އެއްހާ ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ބޮޑު އިދިކޮޅު އެމްޑީޕީން 300 ކެންޑިޑޭޓުން ވާދަނުކުރާ ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އަޅުގަނޑުގެ އަންދާޒާއަކީ 98 ޕަސެންޓު އަޅުގަނޑުމެންނަށް ލިބޭނެއޭ އިނގޭތޯ، އެއީ އަޅުގަނޑުމެންނަށް ލިބޭނެއޭ މި ދަންނަވާ ވާހަކައަކީ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް ކުރައްވާ އިތުބާރު ހަމަ އެ އޮތް ގޮތަށް އެބަ ދަމަހައްޓަވާ،އިބްރާހީމް މުޙައްމަދު - މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވަމުން ކަމަށެވެ. އެހެންވެ، އިބްރާހީމް ވިދާޅުވިގޮތުގައި ރައްޔިތުން ކައުންސިލަރުކަން ހަވާލުކުރަން ބޭނުންވަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ފަރާތްތަކަށެވެ. ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ވަނީ "ބޯހިޔާވަހިކަން އެންމެންނަށް"ގެ ނަމުގައި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާހުކޮށްފައެވެ. މި ސިޔާސަތުގެ ދަށުން 7،500 ފުލެޓާއި 15،000 ގޯތި ސަރުކާރުން ދޫކުރާނެއެވެ. މިއަދު ވަނީ އެ ސިޔާސަތުގެ ދަށުން ގޯއްޗަށާއި ފުލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލައިފައެވެ. https://sun.mv/216827 އެކަމަށް އިޝާރާތްކުރައްވައި އިބްރާހީމް ވިދާޅުވީ، އިދިކޮޅު ކައުންސިލަރުން ހޮވިއްޖެނަމަ އެ ގޯތިތައް ސަރުކާރުން ހަވާލުކުރުމަށް ހުރަސް އަޅައި، އެ މަސައްކަތް ދަންމާލުން އެކަށީގެންވާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އާންމުންގެ ހައްގުތަކާ ގުޅުންހުރި މިފަދަ ކަންކަމުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުންވެސް ބޭނުންވަނީ ޕީއެންސީގެ ކެންޑިޑޭޓުން ކައުންސިލުތަކަށް ހޮވުމަށެވެ. މި ސަރުކާރުގެ އެޖެންޑާއަށާއި ޕީއެންސީއަށް އާންމުންގެ އިތުބާރު އެބައޮތް ކަމަށް، އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ