ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ކުރިމަތިލާން ”ދަ ޑިމޮކްރެޓްސް“ ގެ ކެނޑިޑޭޓުންނަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޕާޓީން މިރޭ ކުރި އިއުލާނެއްގައި ބުނީ އެ ޕާޓީން އިލެކްޝަން ކޮމިޝަނާ ބައްދަލުކޮށް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް ޕާޓީގެ ފަރާތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި ޕާޓީގެ އެޑްމިނިސްޓްރޭޝަށް އިން ކުރަންޖެހޭ ކަންކަމާ ގުޅޭ މައުލޫމާތު ހޯދައި އެކަށީގެންވާ މިންވަރަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
އެހެން ކަމުން މި އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރަން ބޭނުންވާ މެންބަރުން ޝައުގެވެރިކަން ފާޅުކުރުމަށް ބޭނުންވާ އީ-ޕޯމް މިމަހު 31ގެ ކުރިން ފުރިހަމަކުރަން ވަނީ އެދިފައެވެ.
އަދި އެއް ގޮނޑިއަކަށް އެއް މެންބަރަށްވުރެ ގިނައިން ޝައުގުވެރިކަން ފާޅުކޮށްފިނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި އެ އިންތިހާބުގައި ކުރިމަތިލާން ބޭނުންވާ އެ ޕާޓީގެ މެންބަރުން އެޕްލިކޭޝަން ހުށަހެޅުއްވުމަށް my-elections-gov.mv އަށް އީ-ފާސް މެދުވެރިކޮށް ލޮގިންކޮށް އޮންލައިންކޮށް މައުލޫމާތު ހުށަހަޅަންޖެހޭނެ ކަމަށެވެ.
އޮންލައިން އެޕްލިކޭޝަން ގައި ޕާޓީ އިހްތިޔާރު ކުރެއްވުމުން އެ ޕާޓީއިން އެ ކެންޑިޑޭޓަކު އެންޑޯސް ކޮށްދެވޭނެ ކަމަށާއި، ކޮންމެ ކެންޑިޑޭޓަކުވެސް އީސީ އަށް 1-500 ރުފިޔާ (ރިފަންޑް ނުކުރެވޭ ފީއެއް) އޮންލައިންކޮށް ދައްކަން ޖެހޭނެ ކަމަށެވެ.
އަދި ޕާޓީގައި ނުހިމެނޭ ފަރާތަކުން ކުރިމަތިލާނަމަ 50 މެމްބަރުންގެ ތާއީދު ބޭނުންވާނެ ކަމަށް އަދި އެތާއީދު ދޭ ފަރާތްތަކުން އަމިއްލަ އީ-ފާސް ލޮގިންއިން އޮންލައިންކޮށް އެތާއީދު ދެވޭނެ ކަމަށް ކަމަށެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންނަށްވެސް ސިޔާސީ ޕާޓީއެއްގެ ނަމުގައި ކުރިމަތިލެވިދާނެ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު އޮންނާނީ އަންނަ އޭޕްރިލް މަހުގެ 4ގައެވެ.
ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވައިލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ