މޫނު ބުރުގާ އަޅުއްވާ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް މަރިޔަމް ޝިއުނާގެ ކުރީގެ ފޮޓޯއެއް އާއްމު ކުރެއްވުމުން، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.
ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރަށް ފާޑުވިދާޅުވެ، ޝިއުނާގެ ބުރުގާ ނާޅާ ފޮޓޯއެއް ވަނީ ހިއްސާ ކުރައްވައިފައެވެ.
އެ ޕޯސްޓުގައި ޤުރުއާނުގެ އާޔަތެއްގެ މާނަ ލިޔުއްވައި، ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެ، ޖަމީލު ހިއްސާ ކުރެއްވި ފޮޓޯއަށް ކޮމެންޓު ކުރި މީހަކު ބުނީ، ”އައުރަނިވާކޮށްގެން ހުރި މީހެއްގެ އައުރަ ނިވާ ނުކުރާ ފޮޓޯއެއް ހިއްސާ ކުރުމަކީ ޑރ.ޖަމީލުގެ މުނާފިގުކަން ހާމަވާ ކަމެއް ކަމަށެވެ. ގިނަ ބައެއްގއ ފާޑު ކިޔުން އަމާޒު ވުމުންވެސް، ޖަމީލު އެ ފޮޓޯ ރިމޫވް ކުރައްވައިފައެއް ނުވެއެވެ.
”ތިއީ ކޮންފަދަ ވިޔާނުދާ މީހެއް! ތިއީ ވެރިކަމަށް ހިފަން، ކުފޫހަމަވާ ވަރު މީހެއް ނޫން ! އަރަބި ބަސްތައް ބޭނުން ތި ކުރަނީ މާ މާތް މީހަކަށް ވާންތަ ؟ ބޮޑާ، ޖާހިލު، ނާގާބިލު، ގޮތް ކުޑަ، ވިސްނުން ކޮށި މީހެއް!“ އިތުރު މީހެއްގެ ކޮމެންޓުގައިވެއެވެ.
”ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބޭފުޅަކާއި ވަރަށް ނުގުޅޭ ގޮތަކަށް ތިއުޅުއްވަނީ. ސިޔާސީ ކަންކަމުގައިވެސް ވަކި ހައްދުތަކެއް ގެންގުޅެންވާނެ ދެއްތޮ.“ ޖަމީލަށް ފާޑުކިޔައި، މީހަކު ކުރި ކޮމެންޓެއް
ޝިއުނާގެ ފޮޓޯ ހިއްސާ ކުރުމުން ކުރީގެ ނައިބު ރައީސް ޖަމީލަށް މިފަދަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެމަނިކުފާނާ ދެކޮޅަށް ދައުވާކޮށް ހައްގު ހޯދަން ހުށަހަޅައިފައިވާ ކަމަށް ޝިއުނާ ވަނީ މިރޭ ވިދާޅުވެފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް(އެޗްއާރްސީއެމް) ޓެގު ކުރައްވައި، އެކްސްގައި ޝިއުނާ ވިދާޅުވީ ޑރ. ޖަމީލު އޭނާއަށް ފުރައްސާރަކޮށް ހިޖާބުނުވާއިރުގެ ފޮޓޯތަކެއް އާންމުކޮށްފައިވާ މައްސަލައިގައި ހައްގު ހޯދަން ހުށަހަޅާފައިވާ ކަމަށެވެ.
ޝިއުނާގެ ކުރީގެ ފޮޓޯއެއް އާއްމު ކުރުމުން، ޖަމީލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ