ވީއައިއޭ ޓެކްސީ ކިއޫ ކައިރީ ހަމަނުޖެހުން ހިންގި ލަންކާގެ 2 މީހުން ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ޓެކްސީ ކިއޫ ސަރަހައްދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި ލަންކާގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ވީއައިއޭ ޓެކްސީ ކިއޫ ކައިރީގައި ދެ މީހަކު ޒުވާބުކޮށް ހަމަނުޖެހުން ހިންގާފައިވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ދަންވަރު 12:15ގަ އެވެ. އެ ރޭ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައުލޫމާތު ސާފުކޮށް، ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލީ އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އެ ދެ މީހުންނަކީ:
ތިލަކް ސޯމަޗަންދްރަ މަޑެތަލަވޭ ކަންކަނަމަލަގޭ، 43
ޕްރިޔަންތަ ސިލްވާ ދެވަނިއްތިގެ، 46
އެ މީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ