ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މިދިޔަ އަހަރު ދޫކުރި ފައިސާ އޭގެ، ކުރީ އަހަރާ އަޅާބަލާއިރު 97 މިލިއަން ރުފިޔާ މަދު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެނގުން މުހިންމު - ސަރުކާރުން ދޫކުރާ ލޯނާއި ސްކޮލަޝިޕްތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ގަވައިދުން ފައިސާ ނުފޮނުވާތީ އެ ކުދިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އެގޮތުން:
އެ ޝަކުވާތަކަށް ބާރު ލިބެނީ ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ހަރަދާއި އާމްދަނީގެ ހިސާބުތަކުން
ކިޔަވާ ކުދިންނަށް ދޫކުރި ލޯން ފައިސާގެ އަދަދަށް ދަށްވުމެއް އައިސްފައިވާކަން ހިސާބުތަކުން ފެނޭ
ތަފްސީލް - ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު:
ދަރިވަރުންނަށް ދޫކުރީ 603 މިލިއަން ރުފިޔާ
މިއީ 2024އާ އަޅާބަލާއިރު، %13ގެ ދަށްވުމެއް ނުވަތަ 97 މިލިއަންގެ މަދުވުމެއް
މީގެ އިތުރަށް މިދިޔަ އަހަރު ދަރިވަރުންނަށް ލޯނުގެ ގޮތުގައި ދޫކުރަން ބަޖެޓްގައި 768 މިލިއަން ރުފިޔާ ހިމެނި އެވެ. އެހެން ނަމަވެސް، އަހަރު ނިމުނުއިރު އެކަމަށް ހޭދަކުރި 603 މިލިއަން ރުފިޔާއަކީ:
165 މިލިއަން ރުފިޔާ މަދު އަދަދެއް
ސަރުކާރުގެ ބަސް - ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނަނީ ބަރާބަރަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ފޮނުވާ ދަރިވަރުންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެެވެ. އަދި ދަރިވަރުންނަށް ދޭ އިނާޔަތްތައް މުރާޖައާ ކުރުމުގެ މަސައްކަތްތަކެއް ކުރާ ކަމަށް ވެސް މިނިސްޓަރު ވަނީ މިފަހުން ހާމަކުރައްވައިފަ އެވެ.
ކިޔަވާ ކުދިންނަށް ދޫކުރި ފައިސާ 97 މިލިއަން ރުފިޔާ މަދުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ