ކުޑަކުދިންގެ ކާނާ ބްރޭންޑެއް ކަމަށްވާ "ހިޕް" ގެ އުފެއްދުމަކުން މީދާ މަރާ ވިހަ ނުވަތަ ރޮޑެންޓްސައިޑް ފެނުނު މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ބްރޭންޑުގެ އުފެއްދުންތައް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
ހިޕް އަކީ ޖަރުމަނުގެ މަޝްހޫރު ބްރޭންޑެކެވެ.
އެމްއެފްޑީއޭއި ން ނެރުނު ބަޔާނެއްގައި ބުނީ އުފެއްދުމަކީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކޮށްފައިވާ އުފެއްދުމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް، އަމިއްލަ ބޭނުންތަކަށް ރާއްޖެ އެތެރެކޮށް ބޭނުންކުރުމުގެ ފުރުސަތު އޮތުމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބާވަތުގެ އެއްވެސް އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި، ނުވިއްކުމަށާއި އަދި ބޭނުން ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.
"ހިޕް" ބްރޭންޑް ބޭނުން ނުކުރަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ