ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެކަން ހުއްޓުވުމަށް ކުރާ މަސައްކަތަށް ދޭ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހުޅުވާލައިފިއެވެ.
ކޮންމެ އަހަރެއްގެ 31 މޭއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ފާހަގަކުރާ ދުވަހެވެ. މި ދުވަސް ދިވެހިރާއްޖޭގައިވެސް ވަރަށް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރަމުން ގެންދެއެވެ. އެޗްޕީއޭއިން ވިދާޅުވީ މި އަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައިވެސް " ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް"ގެ ނަމުގައި އިނާމެއް ދިނުމަށް ނިންމާފައިވާކަމަށެވެ.
އެޗްޕީއޭއިން ވިދާޅުވީ މި އިނާމު ދެނީ ދުންފަތް ކޮންޓްރޯލް ކުރުމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ މަސައްކަތުގެ އަގު ވަޒަންކުރުމަށާއި މި މަސައްކަތުގައި ދެމި ތިބުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައިކަމަށެވެ.
މިގޮތުން ދުންފަތް ކޮންޓްރޯލްކޮށް ދުންފަތުގެ ނުރައްކަލުން މުޖްތަމައު ރައްކާތެރި ކުރުމުގެ ގޮތުން މަސައްކަތް ކުރާ އަދި ވަކީން ހާއްސަކޮށް އެ އަހަރެއްގެ "ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް" ގެ ޝިއާރާ ގުޅުން ހުރި މަސައްކަތްތައް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ ފަރުދުންނާއި ޖަމްއިއްޔާ ޖަމާއައްތަކާއި އިދާރާތަކުން މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.
މިގޮތުން މި އެވޯޑަށް އެދި ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރުމަށްފަހު [email protected] އަށް މޭ މަހުގެ ދެވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.
މި އަހަރުގެ މި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރިކުރުން މިއެވެ.
ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތަށް ދޭ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ