ތިން ހާހަށްވުރެ ގިނަ ފަތުރުވެރިންނާއެކު ބޮޑު ދެ ކްރޫޒްލައިނާއެއް މާލެއަށް ބަނދަރުކޮށްފިއެވެ.
ދެވަނައަށް ބަނދަރުކުރި ބޯޓަކީ، ތައިލެންޑުގެ ފުކެޓުން ފުރައިގެން ރާއްޖެ އައި "އެމްއެސް ނޯވީޖިއަން ސަން" އެވެ. މި ބޯޓުގައި 1،816 ފަތުރުވެރިންނާއި 902 ފަޅުވެރިން ތިބި ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
އިމިގްރޭޝަންގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން ވަނީ މި ދެބޯޓަށްވެސް އަރާ، އިމިގްރޭޝަން ކްލިއަރެންސްގެ ޚިދުމަތް ފޯރުކޮށްދީފައެވެ.
އެކި ދުވަސްވަރުމަތިން ރާއްޖެއަށް ޒިޔާރަތްކުރާ ކްރޫޒްލައިނާ ތަކުން ދޭތެރެ ދޭތެރެއިން މާލެއަށް ބަނދަރުކޮށް، ފަތުރުވެރިންނަށް މާލެ ޒިޔާރަތްކުރުމުގެ ފުރުސަތު ދެއެވެ. ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް އެއްފަހަރާ ޒިޔާރަތްކުރުމާއެކު، ފަތުރުވެރިންނަށް އަމާޒުކޮށް ވިޔާފާރިކުރާ ތަންތަނަށް ގިނަ އަދަދެއްގެ އާމްދަނީއެއް އަބަދުވެސް ވަދެއެވެ.
ތިންހާހަށްވުރެ ގިނަ ފަތުރުވެރިންނާއެކު ދެ ކްރޫޒްލައިނާއެއް މާލޭއަށް ބަނދަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ