މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު ވައުދު، އަހަރު ނިމިގެންދިޔައިރުވެސް ނުފުއްދޭކަމަށް އެމްޑީޕީން ބުނެފިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ. މިކަމާ ގުޅޭގޮތުން އިދިކޮލު މައި ޕާޓީ، އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީޖީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިދިޔަ ރިޔާސީ ބަޔާނުގައި ސަރުކާރުގެ އެންމެބޮޑު ވައުދެއްގެ ގޮތުގައި ރައްޔިތުންނަށް ހުށަހެޅިގެންދިޔައީ ބޯހިޔާވަހިކަމުގެ ވައުދު ކަމަށެވެ.
ނާޒިލް ވިދާޅުވީ ބޯހިޔާވަހިކަމުގެ އަހަރެއް ނިމިގެންދިޔައިރު، ކުރުމަށް ބަޔާންކުރި އެއްވެސްކަމެއް ފެށިފައިނުވާކަމަށެވެ. ޕީއެސްއައިޕީގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނު އަދި މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގާނޭކަމަށް ވައުދުވީއިރު، އެއިން އެއްވެސް ސަރަހައްދެއްގައި އެއްވެސްކަމެއް ފެށިފައިނުވާކަން ނާޝިޒް ވިދާޅުވިއެވެ.
ހަޤީގަތުގައި ރިޔާސީބަޔާނަކީ އެއަހަރު ރައްޔިތުންނަށްވާ ވައުދެއްގެ ގޮތުގައި ރައްޔިތުންގެ މަންދޫބުންގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިއްވާ ބަޔާނެއް. ހަޤީގަތުގަައި އެއީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެއް
މެންބަރު އިބްރާހިމް ނާޒިލް
މީގެ އިތުރުން އަތޮޅުތެރޭގައި ސަރުކާރުން ކުރަން އުޅުނު އެއްވެސްކަމެއް އަހަރު ނުމުނުއިރު ކުރިއަށްގެންދެވިފައިނުވާއިރު، ބަޖެތްކުރި ފައިސާތަކަސް ވީގޮތް ނޭނގޭކަން ނާޒިލްގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
ނުސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު، ސަރުކާރުން އަންދާޒާކުރިވަރަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން އަދި ބާޒާރުގެ އަގުތައް ދަށަށްގޮސްފައި ނުވާކަމަށެވެ. ބަދަލުގައި އިގްތިސާދީ ކުރިއެރުން ދަށަށްދިޔައިރު، ތަކެތީގެ އަގުތައްވެސް ދިޔައީ ބޮޑުވަމުންކަން ޝަމްހީދު ފާހަގަކުރެއްވިއެވެ.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ކުރުމަށް ވައުދުވީ ކަންތައްތަކުގެ ތެރެއިން 90 އިންސައްތަ އަހަރު ނިމުނުއިރުވެސް ފެށިފައިނުވާކަމަށެވެ. ކަންކަން ކުރުމަށް 170 ބިލިއަނެއްހާ ރުފިޔާ ލިބުނުއިރު، ދަރަނި އުފެއްދުން ނޫންކަމެއް ނުކުރެވުނުކަން މެންބަރު އަބްދުލްޣަފޫރު ވިދާޅުވިއެވެ.
މިދިޔަ ފަހަރުގެ ރިޔާސީ ބަޔާނުގައި ވީ އެންމެ ބޮޑު ވައުދު ނުފުއްދޭ: ނާޒިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ