ހުޅުމާލެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ހުޅުމާލެ ފޭސް 1 ގެ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ. 
ފުލުހުން ބުނީ ގެސްޓްހައުސްއެއްގެ ތިންވަނަ ފަންގިފިލާގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. 
އަދަދު އަށް އެނގިފައިވާ ގޮތުގައި ހުޅުމާލެ ގެސްޓް ހައުސްއެއްގެތެރެއިން މަރުވެފައި އޮއްވާ ފެނުނީ މ. ސްޓާ، މުހައްމަދު ރަޒީން، 50 އެވެ.  އެނގިފައިވާ ގޮތުގައި އެނާއަކީ ނަފްސާނީ މައްސަލަ ހުންނަ މީހެކެވެ. 
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ