6.5 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެން އެފްއޭއެމް އިން ކަރަންޓް ކަނޑާލައިފި

އެފްއޭއެމް އިން 6.5 މިލިއަން ރުފިޔާގެ ބިލް ނުދައްކައިގެން ކަރަންޓް ކަނޑާލައިފިއެވެ. ސްޓެލްކޯއިން މިއަދު ބުނީ އެފްއޭމްއިން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގައިފައިވާ ކަމަށެވެ. އަދި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ވެސް އެފްއޭމްއަށް މީގެ ކުރިން ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް އެކި ފަހަރު މަތިން އަންގައި، ގިނަ ފުރުސަތުތަކެއް ދީގެން އެކަންވެސް ކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން މިހާރު ވަނީ ކަރަންޓުގެ ޚިދުމަތް މެދުކަނޑާލާފައި ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިން ބުނީ، އެ ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް އެ ކުންފުނިން ވިސްނަމުންދާ ކަމަށެވެ. އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ