ޓޫރިޒަމްގެ އޮފް ސީޒަނަށް ވުމުން ޑޮލަރު ލިބޭލެއް މަދުވުމުންނާއި ޑޮލަރު މާރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރު ތަދުވެ، ކަޅު ބާޒާރުގައި 20ރ. ރޭޓަށް ޑޮލަރު މާރުކުރަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މިއީ ކޮވިޑު ބަލިމަޑުކަމުގެ ދުވަސްވަރަށް ފަހު ޑޮލަރެެއްގެ އަގު މިހާ މަތިވީ ފުރަތަމަ ފަހަރެވެ. އަދި މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި މިހާ މަތީގައި ހުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ރޭޓުތައް ފެންނަ "ކަރަންސީ އެކްސްޗޭންޖު އެމްވީ" ގްރޫޕުގައި މިއަދު ހުރި ރޭޓުތަކަށް ބަލާއިރު، އެންމެ ކުޑަ ރޭޓެއްގައި ޑޮލަރެއް ގަންނަަން ލިބެނީ 19.80ރ. އަށެވެ. ޑޮލަރު ވިއްކަން ޖަހާފައި ހުރި ގިނަ މީހުން ޖަހާފައި ހުރީ 19.90ރ. އިން މަތީގެ އަގުތައް ޖަހާފަ އެވެ.
ޑޮލަރު ރޭޓު މިހާ މަތިވެފައިވާއިރު، ސަރުކާރުން ވަނީ ބީއެމްއެލް މެދުވެރިކޮށް އާންމުންނަށާއި ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފަ އެވެ.
އާންމުންނަށް ދޫކުރާ ޑޮލަރުގެ މިންވަރު މަތިކުރީ ބީއެމްއެލްގެ ދިވެހި ރުފިޔާ ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ފައިސާ ދެއްކޭ ލިމިޓު 500 ޑޮލަރަށް އިތުރުކޮށްދީގެންނެވެ. ވިިޔަފާރިތަކަށް ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކުރީ ޓީޓީތަކަށް ދޭ ޑޮލަރު ސަޕޯޓު 30 ޕަސެންޓާ ހަމައަށް ބޮޑުކޮށްގެންނެވެ.
ސަރުކާރުގެ ކޮންޓްރޯލުގެ ދަށުން ފޯރުކޮށްދޭ ޑޮލަރުގެ މިންވަރު އިތުރުކޮށްދިން ނަމަވެސް، ޑޮލަރު ގަންނަން ވިޔަފާރިތަކަށް މަޖުބޫރުވެފައިވާ ކަޅު ބާޒާރުގެ ރޭޓުތައް މަތިވުމާ ގުޅިގެން ވިިޔަފާރިވެރިންގެ ކަންބޮޑުވުން ބޮޑެވެ. މި މައްސަލައިގައި މީގެ ކުރިން އަދަދު އާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ވަނީ ރޭޓު ދަށް ނުވާ ނަމަ މުދަލާއި ހިދުމަތްތަކުގެ އަގު އުފުލަން މަޖުބޫރުވާނެ ކަމަށް ބުނެފަ އެވެ.
ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުއްޓަސް ސަރުކާރުން ގަބޫލުކުރަނީ، މިހާރު ހުރި ބޭރު ފައިސާގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ޑޮލަރުގެ މައްސަލަ ހައްލުކުރެވޭނެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައި ވެ އެވެ.
ނަމަވެސް މުއިއްޒުގެ ޑޮލަރު ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން ޑޮލަރުގެ އަގު ދަނީ މަތިވަމުންނެވެ.
ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒަށް ޑޮލަރުގެ އަގު ތިރިއެއް ނުކުރެވުނު، މިހާރު ޑޮލަރެއް 20ރ. އަށް ހުލާސާކޮށް އިއްޔެ: ރައީސް މުއިއްޒަށް ޑޮލަރުގެ އަގު ތިރިއެއް ނުކުރެވުނު، މިހާރު ޑޮލަރެއް 20ރ. އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ