ކަނޑުގެ 10 މީޓަރު އަޑިން ޑިންގީ ފެނިއްޖެ، ޒަކަރިއްޔާ ނުފެނޭ

ބުރާސްފަތި ދުވަހު ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުން އަންނަ, ގދ. ގައްދޫ, ކޯޒީރައުންޑް, ޒަކަރިއްޔާ މުޙައްމަދު, ދަތުރުކުރި ޑިންގީ ކަނޑުގެ 10 މީޓަރު އަޑިން ފެނިއްޖެއެވެ. އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ 79 އަހަރުގެ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ. ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ. އެ ޑައިވް ކޮށްފައި ވަނި ސިފައިންނާއި ފުލުހުން ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންނަމަވެސް، ޑިންގީއާއެކު ޒަކަރިއްޔާ ފެނުނު ކަމަށް ސިފައިން ނުބުނެއެވެ. ފުލުހުން މީގެ ކުރިން ބުނީ އެ މީހާ ގައްދޫއިން ފުރީ ބުރާސްފަތި ދުވަހު ހެނދުނު 09:30 ހާއިރު ކަމަށާއި، އޭނާގެ ހިލަމެއް ނުވެގެން ފުލުހަށް އެ ކަމުގެ ރިޕޯޓު ލިބިފައިވަނީ އެ ދުވަހު ހަވީރު 17:05ގައި ކަމަށެވެ. ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ