އައްޑޫގައި ހިންގާ މަޝްރޫޢުތައް ފެނި ރައީސް ޔާމީން ބަސް ހުއްޓިއްޖެ: މެމްބަރު ނިހާދު

ސަރުކާރުން އައްޑޫ ސިޓިގައި ހިންގާ މަޝްރޫޢުތައް ފެނި ރައީސް ޔާމީން ބަސް ހުއްޓިއްޖެ ކަމަށް އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މެމްބަރު ނިހާދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް އަލަށް އުފަންވާ ކޮންމެ ކުއްޖަކަށް ލިބުނީ ހަދިޔާ ފޮށްޓެއް ނޫން ކަމަށާ އޭގެ ބަދަލުގައި ކޮންމެ ކުއްޖަކަށް ލިބުނީ ދަރަނި ފޮއްޓެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވަނިކޮށެވެ.
ޔާމީން މިހެން ވިދާޅުވީ އައްޑޫގެ ބައެއް ރަށްރަށަށް އެމަނިކުފާނުގެ ޓީމުން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ނިހާދު ކުރެއްވި ޓްވީޓެއްގައި ވަނީ ޕީޕީއެމް އަދި ޕީއެންސީގެ ޓީމްގެ މެމްބަރުންގެ ދުލުން އަބަދުވެސް އިވެމުންދިޔައީ އައްޑޫ ސިޓީއަށް ސަރުކާރުން ވަރަށް ގިނަ ކަންކަން ކޮށްދޭ ކަމަށާއި އަދި މުޅި އައްޑޫ ސިޓީގައި މަގުހަދައި އިންޖީނުގެ އައު އޮފީހާއި ސްކޫލާއި މިސްކިތް އަޅަމުން އަންނަ ކަމުގެ ވާހަކަ ކަމަށެވެ.
މެމްބަރު ނިހާދު މިފަދައިން ވިދާޅުވިނަމަވެސް އައްޑޫގައި ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ނުދާތީ އެކަމާ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެމްޑީޕީއަށް ތާއިދުކުރާ ބައެއް މެމްބަރުން ސަރުކާރުގެ ދިފާޢުގައި ވާހަކަ ދެއްކިނަމަވެސް ރައީސް ޔާމީން ވަނީ މިއަދު ފެނުނު މަންޒަރުން އައްޑޫ ސިޓީ އެމްޑީޕީގެ އަތުން ބީވެގެން ގޮސްފައިވާކަން އެޕާޓީއަށް މިހާރު އެނގޭނެ ކަމަށްވެސް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ