މާލެ އާއި ރާއްޖެތެރޭގައި އާއްމުކޮށް އިލެކްޓްރިކް ކަރަންޓު ދިނުމުގައި އަަމަލު ކުރަމުން އައި ގަވާއިދަށް ބަދަލު ގެނެސްފިއެވެ.
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ތަންފީޒު ކުރަމުން ގެންދާ ”މާލެއާއި ރާއްޖެތެރޭގައި ޢާންމުކޮށް އިލެކްޓްރިކް ކަރަންޓް ދިނުމާބެހޭ ޤަވާޢިދު“ އަކީ 2000 ވަނަ އަހަރުގެ ކުރިން ހަދާފައިވާ ގަވާއިދެކެވެ.
އެގަވާއިދުގައިވާ ބައެއް ކަންކަމަކީ މިހާރު އައުޓް ޑޭޓެޑް ކަންކަން ކަމަށް ނިންމައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިހާރުވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.
ތިރީގައި އެވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު އާއްމުކުރި އުސޫލުގައި ވާގޮތުން، މިހާރު ހަކަތަ ސަމަކާރަ ދިއްލުންތައް މާކެޓްގައި އަގު ހެޔޮކޮށް ލިބެން ހުރުމާއެކު، 800 އަކަފުޓޫގެ ތެރޭގައި ދިއްލުން އަދި ފަންކާ ހިމެނޭ ސަރކިޓަކަށް، 10 ދިއްލުން އަދި 2 ފަންކާ ހަރުކުރެވިދާނެއެވެ. މި ސާކިޓަށް އިތުރު އެއްވެސް ކަރަންޓު ބޭނުންކުރާ އާލާތެއް ގުޅައިގެން ނުވާނެ އެވެ. އަދި، މި ސަރކިޓްގެ ކަރަންޓު ލޯޑް 1000 ވޮޓް އަށް ވުރެން އިތުރު ވެގެން ނުވާނެއެވެ. މީގެ އިތުރުން، މިފަދަ ސަރކިޓްތައް ވައިރު ކޮށްފައި ހުންނަވާނީ 2.5 އެމްއެމްގެ ނަރުންނެވެ. އަދި ސާކިޓް ޕްރޮޓެކްޝަން އަށް އެންމެ މަތިވެގެން ބޭނުންކުރެވޭނީ ޓްރިޕް ކަރވް ‘ސީ’ ގެ 10 A އެމްސީބީ. އެވެ.
ކަރަންޓު ސޮކެޓް ސާކިޓެއްގައި އެންމެ ގިނަވެގެން ގުޅޭނީ 13A ގެ 4 ސޮކެޓެވެ. އަދި މިފަދަ ސާކިޓެއްގައި އެންމެ މަތިވެގެން ބޭނުންކުރަން ވާނީ ޓްރިޕް ކަރވް ‘ސީ’ ގެ 16A އެމްސީ ބީ. އެވެ. އެއް ސާކިޓްގައި މި އަދަދަށް 800 އަކަފޫޓުގެ ތެރޭގައި ހުންނަ ނިދާ ކޮޓަރި، ފެންޑާ، ސިޓީންގް ރޫމް، ބަދިގެ އަދި ކޮޓަރި އަށް ގުޅިދާނެއެވެ. އަދި އެއް ސަރަހައްދަކަށް ނިސްބަތްވާ ސޮކެޓެއް އެހެން ސަރަހައްދެއްގައި ހުރެގެން ނުވާނެ އެވެ. މީގެ އިތުރުން، މަތީ ކަރަންޓުނަގާ އާލާތްތައް (އޭ.ސީ.، ހީޓަރު، ކުރާ..) މިފަދަ ސާކިޓަކަށް ގުޅައިގެން ނުވާނެއެވެ. އަދި އެފަދަ އާލާތްތަކަށް ވަކި ސަރކިޓްއެއް އަޅަންވާނެއެވެ.
އާ ގަވާއިދުގައިވާ ގޮތުން އެއްވެސް ސާކިޓެއްގެ ޑިޒައިން ލޯޑް އެ ސާކިޓް ގުޅާފައިވާ ބްރޭކަރެއްގެ ރޭޓެޑް ކަރަންޓުގެ %80 އަށް ވުރެ މަތި ވެގެން ނުވާނެއެވެ.
އިލެކްޓްރިކް ކަރަންޓް ދިނުމާބެހޭ ގަވާއިދަށް ބަދަލު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ