އިންޓާ ސްކޫލް ފުޓުބޯޅަ މުބާރާތް: ފައިނަލުގައި ކެޔޮދޫއާ ދެކޮޅަށް ސީއެޗްއެސްއީ

މިހާރު ކުރިއަށްދާ އެފްއޭއެމް 19 އަހަރުން ދަށުގެ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ، ސެންޓަ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން ހޯދައިފިއެވެ. ސީއެޗްއެސްއީއިން ފައިނަލުގެ ފަހު ޖާގަ ހޯދީ، ސެމީ ފައިނަލުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗު ސީއެޗްއެސްއީން ކާމިޔާބުކުރީ ޕެނަލްޓީ ޝޫޓްއައުޓުގައި މޮޅުވެގެންނެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރިހަމަވަގުތު ހަމަވީ ދެ ޓީމު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ސީއެޗްއެސްއީން ކުރިހޯދީ 12-13 އިންނެވެ. މުބާރާތުގެ ފައިނަލުގައި ސީއެޗްއެސްއީން ކުޅޭނީ ކެޔޮދޫ ސްކޫލާ ދެކޮޅަށެވެ. ކެޔޮދޫ ސްކޫލުން ފައިނަލުގެ ޖާގަ ހޯދީ، މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ލީގު ބުރު ނިމުނުއިރު ޕޮއިންޓް ތާވަލު --ފޮޓޯ/އެފްއޭއެމް ޖުމްލަ ފަސް ސްކޫލަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި މި މެޗު ފަށާނީ 16:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ