މާލޭގައި ލޮރީއެއް ދަށުވެ މީހަކު މަރުވެއްޖެ
ދަރުބާރުގޭ ކައިރި ބޮޑުތަކުރުފާނު މަގުގައި މިއަދު ހިނގި އެކްސިޑެންޓުގައި ނިޔާވި މީހާ ނިޔާވީ ލޮރީއެއް ދަށުވެގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.ދަރުބާރުގެ ކައިރިން ބޭރު މަގުގައި ހަވީރު 4:00 ހާއިރު ހިނގި އެކްސިޑެންޓުގައި 39 އަހަރުގެ ދިވެއްސަކު ވަނީ މަރުވެފަ އެވެ. އެއީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)/ މާލެ، އިބްރާހީމް ނާސިހު އެވެ. އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.މި ހާދިސާގެ ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ނާޞިޙު މަރުވެފައިވަނީ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ