ވޯލްޑް ކަޕްގެ ފޯރިގަދަ މެޗުތަކަށް "މެކްކޮފީ"

ވޯލްޑު ކަޕްގެ ފޯރި ދުވަހެއް ދުވަހަކަށް މި ދަނީ ގަދަވަމުންނެވެ. ހޭލައި ހުރެގެން ނުވަތަ ނިދި ހަރާބު ކޮށްލާފައި ތެދުވެގެން ކޮންމެހެން ބަލަންޖެހޭ  ކުރިއަށް ހުރީ އެވެ. މިފަދަ ވަގުތެއްގައި ކޮންމެ މީހެއްގެ ވެސް އެންމެ ގާތް އެކުވެރިޔަކީ ކޮފީ އެވެ. 
މިކަމުގެ އެއް ހައްލަކީ އޭގެ މީރު ވަހާއި ކޮލިޓީގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ މެކްކޮފީ އެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ "މެކްކޮފީ އޮރިޖިނަލް 3-އިން-1"  އެވެ.
MGH Group of Companies
MGH Group of Companies
THE BAKERS PVT LTD
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
މިއީ މަތީ ފެންވަރުގެ ކޮފީ ބީންސް، ކްރީމާ އަދި ހަކުރު ފުރިހަމައަށް އެއްކޮށްލައިގެން ތައްޔާރުކޮށްފައިވާ ކޮފީއެކެވެ. އަދުގެ ބުރަ، ހަލުވި ދިރިއުޅުމަށް ފެތޭ ގޮތަށް ފަރުމާކޮށްފައިވާ މި ކޮފީއަކީ ގޭގައި، އޮފީހުގައި ނުވަތަ ދަތުރުމަތީގައި އުޅުނުކަމުގައި ވިޔަސް، ސިކުންތުކޮޅެއްގެ ތެރޭގައި މީރު ކޮފީއެއްގެ ރަހަ ގެނެސްދޭނެ އުފެއްދުމެކެވެ.
"އަޅުގަނޑުމެންގެ އަބަދުވެސް އަމާޒަކީ ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގައި އެންމެ ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުން،" އެމްޔޫ ސްޓޯރުގެ މެނޭޖަރު ވިދާޅުވިއެވެ.
"މެކްކޮފީއަކީ އޭގެ މޮޅު ކޮލިޓީއާއި ރަހައަށް ދުނިޔޭގައި ނަންހިނގާ ބްރޭންޑެއް. މި އުފެއްދުން ރާއްޖެއަށް ތައާރަފްކުރެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަހެއް. މީގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް  މީރު ކޮފީއެއްގެ އަރާމު ކަސްޓަމަރުންނަށް ލިބިގެންދާނެ."
ކެފޭއެއް ހިންގާ ފަރާތަކަށް ވިޔަސް، ފިހާރައަކަށް މުދާ ހޯދަން ބޭނުންވިޔަސް، ނުވަތަ ގޭގެ ބަދިގެއަށް ހެނދުނުގެ މީރު ކޮފީއެއް ބޭނުންވިޔަސް، އެމްޔޫ ސްޓޯރުން މިވަނީ މި ކޮފީ ބައްލަވައިގަތުން ވަރަށް ފަސޭހަކޮށްދީފައެވެ.
މެކްކޮފީ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެމްޔޫ ސްޓޯރުގެ ފިހާރަތަކުން ލިބޭނެ އެވެ. އަދި އެމްޔޫ ސްޓޯރުގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށްވެސް އޯޑަރު ކުރެވޭނެ އެވެ. މީގެ އިތުރުން މާލެ އާއި ރަށްރަށުގެ ބައެއް ފިހާރަތަކުން ވެސް ލިބޭނެ އެވެ. 
އެމްޔޫ ސްޓޯރަކީ ރާއްޖޭގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގައި އެންމެ ދިގު މުއްދަތަކަށް، އެންމެ އިތުބާރާއެކު ހިދުމަތްދެމުންދާ އެއް ނަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ