ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ ވެކްސިން ޑޯޒް ހަދިޔާކޮށްފި

މި ތަކެތި ހަދިޔާކުރުމަށް ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު ގީލާ އަލީއެވެ.
މިނިސްޓަރު ގީލާގެ ވާހަކަފުޅު ނިންމަވާލެއްވީ، މީސަލްސްގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވަމުންނެވެ. މިއީ އަމިއްލަ ނަފްސާއި، އާއިލާ އަދި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ