މީރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ކުރިމަތިލާން ހުޅުވާލައިފި

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ރައީސް އޮފީހުން އިއްޔެ ހުޅުވާލައިފި އެވެ.
އެ އޮފީހުން ބުނީ ޓެކްސް ބަލައިގަންނަ އިދާރާގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. 
އެކަމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނާއި ވެބްސައިޓުން ލިބޭނެ އެވެ. ފޯމު ބަލައިގަންނަން ނިންމާފައި ވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ.
މީރާގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ފާތިމަތު އަމީޒާ، އެ އިދާރާގެ ކޮމިޝަނަރަކަށް މިދިޔަ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވުމުންނެވެ.
މީރާގައި 16 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަމީޒާ ވަނީ އެންފޯސްމަންޓް ޑިވިޝަންގެ ހެޑްގެ މަގާމާއި ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދަން ޑޭޓާ އެނަލިޓިކްސް އިން ބިނާވެފައިވާ ސިޔާސަތުތަކުގެ އެހީގައި މަސައްކަތް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ