މެޓުން މިހާރު ވަނީ ތ އަތޮޅާއި ލ އަތޮޅަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފަ އެވެ. އެ ދެ އަތޮޅަށް ނެރެފައިވަނީ އޮރެންޖް ސަމާލެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ގިނަ އަތޮޅުތަކަކަށް މޫސުމީ އިންޒާރު ނެރެފި އެވެ.
މެޓުން މިހާރު ވަނީ ތ އަތޮޅާއި ލ އަތޮޅަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފަ އެވެ. އެ ދެ އަތޮޅަށް ނެރެފައިވަނީ އޮރެންޖް ސަމާލެވެ.މިއީ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކޮށް ނެރޭ ސަމާލެކެވެ. ވަރަށް މަދުން ނޫނީ ނުނެރޭ ސަމާލެކެވެ.މެޓުން ބުނީ މި ދެ އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ފެންބޮޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ. މި ސަމާލު ނެރެފައިވަނީ މިރޭ 4:30 ގެ ނިޔަލަށެވެ.މީގެ އިތުރުން ބ އަތޮޅުން ފެށިގެން ގއ އަތޮޅަށް ރީންދޫ ސަމާލު ވަނީ ނެރެފައެވެ. އެއީ މިރޭ 5:30 ގެ ނިޔަލަށެވެ.މެޓުން ބުނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.މާލެ ސަރަހައްދަށް ވެސް މިއަދު މޫސުން ވަރަށް ގޯހެވެ. ހަވީރުން ފެށިގެން ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހެމުން ދެ އެވެ. ވަރަށް މަދު ވަގުތެއްގައި ނޫނީ ކެރި ކަނޑާ ނުލަ އެވެ. ތުނިތުނި ކޮށް ވާރޭވެހޭތާ ގަޑިއިރުތަކެއް ވެއްޖެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މޫސުން ވަރަށް ގޯސް؛ ތާލާމަށް އޮރެންޖު، ބ އިން ގއ އަށް ރީންދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ