ތިމަރަފުށި ދާއިރާގެ ކެންޑިޑޭޓް ޒިލްމާގެ ތާއީދު ރިޔާޒުއަށް

ތިމަރަފުށީ ދާއިރާ އަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ، އެ ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފި އެވެ.އަހްމަދު ރިޔާޒަކީ އެ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒްގެ އެއްބަނޑުއެއްބަފާ ބޭބެ އެވެ.އަހްމަދު ރިޔާޒުގެ ކެމްޕޭން ޓީމުން ބުނީ ދާއިރާގެ ތަރައްގީއަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ދިނުމަށް ޒިލްމާގެ ޓީމުން ނިންމާ ރިޔާޒުއަށް ތާއީދުކޮށްފައިވާ ކަމަށެވެ.ތިމަރަފުށި ދާއިރާއަށް ސަރުކާރު ހިންގާ ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަނީ އިބްރާހިމް ސަނާހް (ސަންތޯ) އެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާޒަށް ތާއީދުކުރައްވާފަ އެވެ. އަދި ސަރުކާރުގެ ވަޒީރުން ގެންދަވަނީ ރިޔާޒުގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ