އެމްޑީޕީ މެމްބަރުން މާރާމާރީ ހިންގުމުން މެމްބަރު ޝަހީމަށް އޭޑީކޭގައި ފަރުވާ ދޭން ޖެހިއްޖެ

ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ނިންމި މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ މެމްބަރުން މިއަދު މާރާމާރީ ހިންގައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން، މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމަށް ވަރަށް ބޮޑަށް ވަނީ އަނިޔާކޮށްފައެވެ. އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ވެސް ދެމުންނެވެ.
Member Shaheem ves vanee varah bodah aniyaakoh zakham koffa pic.twitter.com/4f7S2oSxpY
— Ibrahim Shareef (@AdduShareef) January 28, 2024
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ވިދާޅުވީ، މަތިވެރި ދާއިރާގެ މެމްބަރު ޙަސަން ޒަރީރަށް ވެސް އެމްޑީޕީގެ ބައެއް މެމްބަރުން އަނިޔާ ކުރި ކަމަށެވެ.
އެމްޑީޕީގެ މެމްބަރުން އަނިޔާކުރި ދެ މެމްބަރުންނަކީ ވެސް، އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާއި ގުޅިވަޑައިގެންނެވި ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.
Zareer aa hamaadhee vanee zakham kollaafa pic.twitter.com/wmxzAClU1j
— Ibrahim Shareef (@AdduShareef) January 28, 2024
ވަޒީރުންނަށް ރުހުން ނުދޭން ނިންމި މައްސަލައާއި ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން މިއަދު ބަޔާނެއް ނެރެ ބުނީ، ވަޒީރުންނަށް ރުހުން ނުދޭން ނިންމުމަކީ ފާޅުގައި ސަރުކާރު ހުއްޓުވަން އުޅުން ކަމަށާއި، އެއީ ތަރައްޤީއަށް ވެސް ހުރަސް އެޅުން ކަމަށެވެ.
ދައުރު ވަމުން އަންނަ ވީޑިއޯތަކުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙުމަދު އީސާ ޝަހީމްއަށް ހަމަލާ ދޭ މަންޒަރު ފެނެއެވެ.
މިކަމުގައި މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލް މުޣުނީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާޙު ވެސް ބައިވެރިވެފައިވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު ވަގުތު ނޫހަށް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ