އެސްއޯއީ ރިފޯމްގެ ދިރާސާ ނިމި، ފިޔަވަޅު އަޅަން ފަށަނީ

އެސްއޯއީތަކަށް 2022 ވަނަ އަހަރު ދޭން ބަޖެޓު ކުރީ 2.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު 5.2 ބިލިއަން ރުފިޔާ ވަނީ ދީފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތައް ގެއްލުމުގައި ތާއަބަދު ހިންގަމުންދާ ދިއުން ނިމުމަކަށް ގެންނަން ފަށާ "އެސްއޯއީ ރިފޯމް" ޕްރޮގްރާމުގެ ދިރާސާތައް ނިންމާލައި ފިޔަވަޅުތައް ތަންފީޒު ކުރަން ފަށަން ތައްޔާރު ވެއްޖެ އެވެ. 
ފިނޭންސް މިނިސްޓަރު ޑރ. ޑރ. މުހައްމަދު ޝަފީގު ވިދާޅުވީ "އެސްއޯއީ ރިފޯމް" ޕްރޮގްރާމް ފެށުމުގެ ގޮތުން ބަޖެޓަށް ކަރުދާހެއް ހުށަހަޅައި އެ ކަރުދާސް ފާސް ކޮށްފައިވާ ކަމަށެވެ. އަދި މި ކަރުދާހުގެ މައްޗަށް ހެދި ދިރާސާ ވެސް ނިމިފައވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ތައްޔާރުވަމުން ގެންދަނީ އެސްއޯއީތައް އިސްލާހު ކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ތަންފީޒު ކުރުމުގެ މަރުހަލާގެ މަސައްކަތްތަކަށް ކަމަށެވެ. 
މިނިސްޓަރު އެހެން ވިދާޅުވި ނަމަވެސް އެސްއީއޯތައް އިސްލާހު ކުރަން އަޅާނެ ފިޔަވަޅުތަކެއް ފިނޭންސް މިނިސްޓްރީން މިހާތަނަށް ހާމަ ކޮށްފައެއް ނެތެވެ. މި މަސައްކަތަކީ މިދިޔަ ސަރުކާރުގެ ފަސް އަހަރު ތެރޭގައި ވެސް ކުރި ކަމެކެވެ. އެކަމަކު އެ މަސައްކަތުގެ ވެސް ހަގީގީ ނަތީޖާ ނުކުމެފައެއް ނެތެވެ. އެސްއޯއީތަކުގެ އިސްރާފު މަތިވުމުގެ ސަަބަބުން ބަޖެޓުން ކުރާ ހޭދަ އިންތިހާއަށް މަތިވެފައިވާއިރު، މިކަމަށް ފިޔަވަޅު އަޅަން ފިނޭންސުން ކުރިން ވެސް ވިސްނުންތަކެއް ގެންގުޅުނެވެ. 
ސަރުކާރު ހިއްސާވާ 31 ކުންފުންޏެއް އޮވެ އެވެ. މީގެ ތެރެއިން 13 ކުންފުނި ހިންގަނީ ކެޕިޓަލް ކޮންޓްރިބިއުޝަން ދީގެންނެވެ. ފަސް ކުންފުންޏަކަށް ސަބްސިޑީގެ އެހީގައި ހިންގާއިރު ދެ ކުންފުންޏަށް ހިލޭ އެހީ ދޭން ޖެހެ އެވެ. ސަރުކާރަށް ގަވައިދުން ޑިވިޑެންޓް ދައްކަނީ 10 ކުންފުނިންނެވެ. 
ސަރުކާރު ކުންފުނިތައް ބަލަހައްޓާ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މަޖިލީހުގައި ބުނި ގޮތުގައި ސަރުކާރު ކުންފުނިތަކަށް ސަބްސިޑީގެ ގޮތުގައި ބަޖެޓުން 2022 އަހަރު 2.4 ބިލިއަން ރުފިޔާ ދޭން އޮތް ނަމަވެސް 5.2 ބިލިއަން ރުފިޔާ ދޭން ޖެހުނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ