5 މަސްތެރޭ މިސްކިތްތަކުގެ މަރާމާތަށް މިހާރުވެސް 19 މިލިއަން ރުފިޔާ ޚަރަދުކުރެވިއްޖެ! 27 މިލިއަން ރުފިޔާގެ ދަރަނި އަދާކޮށްފިން!: ޑރ. ޝަހީމް

ދެން އަޅުގަނޑު ބަލާނީ މިސްކިތްތަކާ ގުޅޭ މަރާމާތުގެ ކަންތައްތައް. މި އަހަރުވެސް ސަރުކާރު ޤާއިމްވިފަހުން މިހާތަނަށް 19 މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ވަނީ ޚަރަދު ކޮށްފަ. މާނައަކީ ރައީސުލް ޖުމްހޫރިއްޔާ ހުވާ ކުރެއްވި ފަހުން މިވަގުތާ ހަމައަށް މި ސަރުކާރުން 19 މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ވަނީ ޚަރަދު ކުރެވިފައޭ. އެއީ މާލޭ އޭރިޔާއާއި އަތޮޅުތަކުގެ މިސްކިތްތައް މަރާމާތަށް ބޭނުންވި ތަންތަން.
މީގެ އިތުރުން ސަރުކާރު ހަވާލުވީއިރުގަ 27 ވަރަކަށް މިލިއަން ރުފިޔާގެ ބިލްތައް ހުރި ކުންފުނިތަކަށް ނުދައްކަ. މިސްކިތް މަރާމާތު، މިސްކިތް އެޅި، ބިނާކުރި މަސެއްކަތް ކުރި ކުންފުނިތައް. އެ ހުރިހާ ފައިސާއެއް މިހާރު ވަނީ ޚަލާސްކުރެވި، ދައްކާ ޚަލާސް ކުރެވިފަވަނީ. 27 މިލިއަން ރުފިޔާ ވަނީ ޚަލާސް ކުރެވިފަ ދައްކާ. އެހެންމަ މީ ރާއްޖޭގެ އިޤްތިޞާދީ ގޮތުންވެސް މިހާ ދަތި ދުވަސްވަރަކަށް ވީ ނަމަވެސް ވަރަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވާފަ މިވަނީ މިކަމަށްޓަކާ އިސްލާމިކް މިނިސްޓްރީގެ ފަރާތުން. އަޅުގަނޑުމެން ރައީސުލް ޖުމްހޫރިއްޔާ އަށާއި އަދި ފިނޭންސް މިނިސްޓަރަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. 
- މިއަދުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްކެވި ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ