ޒަކާތުގެ ކުރިއަރުވަން ރާއްޖޭގެ ތާރީޚުގަވެސް ކޮށްފަ ނެތްހާ ގިނަ މަސައްކަތް އެބަކުރެވޭ! ޒުވާން ޖީލުވެސް ބޮޑެތިވާނީ ހޭލުންތެރިވެގެން!: ޑރ. ޝަހީމް

ރައީސުލް ޖުމްޙޫރިއްޔާގެ މެނިފެސްޓޯގަ ބަޔާންވެފަ ވާގޮތުން، ބަޔާންވެފަވާ ކަންކަމުގެ ތެރޭގަ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގަ ފާހަގަ ކުރެވިފަ މި ވަނީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކާ ޒަކާތަށް ވަކިން ޚާއްސަ އިދާރާއެއް ދިވެހިރާއްޖޭގަ ޤާއިމް ކުރުމުގެ ވާހަކަ، މެނިފެސްޓޯގެ އިސްލާމީ ކަންކަމާ ބެހޭ ބައިގައި ބަޔާން ކުރައްވާފައޮވޭ. 
މާތް ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކުގަ ދިވެހިރާއްޖޭގެ ޒަކާތުހައުސް އުފެދި، ޒަކާތު ހައުސްގެ މަސެއްކަތް ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުން އެބަދޭ. އަދި އިސްލާމްދީނުގެ މިހާ މަތިވެރި ރުކުނެއް ދިވެހިރާޖެފަދަ އިސްލާމީ ޤައުމެއްގަ ޤާއިމް ކުރެވި އެ ރުކުނާ ބެހޭގޮތުން ޤައުމް ހޭލުންތެރިކަން އިތުރުކޮށް ޤައުމުގަ، އަދި ހެދިބޮޑޮޑުވަމުން އަންނަ ޒުވާން ޖީލަށްވެސް އޭގެ މުހިއްމުކަން ބަޔާންކޮށްދިނުމުގެ ޢިލްމީ މަސެއްކަތްތަކެއް ޒަކާތު ހައުސްގެ ތެރެއިން ކުރަމުން އެބަދޭ. 
އޭގެ އިތުރުން ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ނިޒާމް ފުރިހަމަކޮށް ކުރަންޖެހޭ މަސެއްކަތް އެތަނުން ކުރަމުން އެބަދޭ. މިކަމަކީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއަށް އެމަނިކުފާނު ވެރިކަމުގެ އެހާ ކުރީކޮޅު މި މުހިއްމު ކަންތައްތައް ދިވެހި ރާއްޖޭގަ ޤާއިމް ކުރައްވާ، މާތް ﷲ ގެ އިރާދަފުޅާއެކު މި 5 އަހަރު ނިމިގެން ދާއިރުގަ މިކަން އޮންނާނީ ފުރާފުރިހަމަ ވެފަ، އިންޝާﷲ ފުރާފުރިހަމަ ވެފަ އޮންނާނީ. 
އެއީ ދިވެހިރާއްޖޭގެ ތާރީޚުގަވެސް ކުރެވޭ، މިހާވަރަށް މިކަންތައްތަކަށް މުހިއްމުކަން ދީގެން މިކަން މީގެ ކުރިން ކުރެވިފައެއް ނުވޭ. އޭގެ މާނައަކީ ތާރީޚީގޮތުން ކަންތައްތަކެއް ނުކުރެވެއޭ އަޅުގަނޑު ދަންނަވަނީކީ ނޫން. ކުރެވިފަ އެބަހުރި، ޒަކާތާ ބެހޭގޮތުން މުހިއްމު ކަންތައްތަކެއް ކުރެވިފަ އެބަހުރި. 
ޒަކާތު ޚާއްސަ އޮފީހެއް 1980 އިގެ ތެރޭގަ ރާއްޖޭގަ ޤާއިމްވެސް ކުރި އެޒަމާނަށް. އެވެސް ވަރަށް މުހިއްމު ކަންތައްތަކެއް. އެހެން ނަމަވެސް ފަހުން އިސްލާމީ އިދާރާތަކާއި އެ އޮފީސް އެއްވެގެން ދިޔައީ. އެ އޮފީސް ހުރިގޮތަށް ރާއްޖޭގައި ހުރިނަމަ އިސްލާމީ ދުނިޔޭގަ ފާހަގަކޮށްލެވޭ ޤައުމަކަށް ދިވެހިރާއްޖެވީސް. ޒަކާތުގެ ޚައްސަ ނިޒާމެއް އޮތް ޤައުމަކާށް ރާއްޖެ ވީސް. އެހެން ނަމަވެސް ރާއްޖޭގެ ޒަކާތުގެ ނިޒާމް ވަރަށް ރަނގަޅަށް އިރާދުކުރެއްވިއްޔާ ހުރިހާ ޒަމާނެއްގައިވެސް ހިނގަމުން އައި. 
މިހާރު ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގެ ތެރެއިން މި އުފެދިގެން މިހާރު މިދާ ޒަކާތުގެ ހައުސްގެ އިދާރީ ނިޒާމަކީމީ މި ޒަމާނަށް ފެތޭ އަދި ވަރަށް ރައްޔިތުންނާ ޤާތުން ހާމަކަން ބޮޑު ގޮތުގައި ޒަކާތުގެ ކަންކަން ބެލެހެއްޓުމަށްޓަކާ އެޅިގެންދާނެ ވަރަށްބޮޑު ފިޔަވަޅެއް. އެހެންކަމުން މެނިފެސްޓޯގަ ވާ ގޮތުގެމަތިން ޒަކާތު ހައުސް ޤާއިމް ކުރެވި ޒަކާތު ހައުސްގެ މަސެއްކަތް ފެށި، ޒަކާތު ހައުސްގެ ވެރިއަކު އައްޔަން ކުރެވި، ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް އެބަދޭ. މިހާތަނަށް ޒަކާތު ހައުސް އުފެދުނު ފަހުން ގާތްގަނޑަކަށް ރާއްޖޭގެ 3 ސަރަޙައްދަކަށް ޒިޔާރަތް ކުރެވިފަ ވަނީ. 
އެއީ ހއ އަތޮޅާއި، ހދ އަތޮޅު. އަދި ވަރަށްގިނަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮއްސަވޭ މި ދެ އަތޮޅުގެ އިތުރުން އައްޑު އަތޮޅަށް ޒަކާތު ހައުސްގެ ޚާއްސަ ދަތުރުތަކެއް ވަނީ ކުރެވިފަ. މީ ކޮނަމްޓްސް ތަކަށް ބަލާއިރުގަ، މީހުންގެ ޚިޔާލަށް ބަލާއިރުގަ ވަރަށް މުހިއްމު މަސެއްކަތްތަކެއް ގޮތުގަ ރައްޔިތުން ވަނީ ފާހަގަ ކުރައްވާފަ. އެހެން ކަމުން ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. 
ވިޔަފާރިވެރިންނަށްވެސް މިއަދުވެސް އަޅުގަނޑު އެދެނީ ޒަކާތް ދައްކަވާށޭ، މުދަލުން ޒަކާތް ނެރުމަކީ މުދަލުގައި މާތް ﷲ ބަރަކާތް ލައްވާ ކަމެއް. ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ބެލުމުގެ ދަށުން ޒަކާތު ހައުސްއިން މިކަންކަން މިކުރަނީ ވަރަށްވެސް އަމާނާތްތެރި ކަމާއި ތެދުވެރިކަމާ އެކުގަ. މީޑިއާ ތަކުގަ ސިޔާސީގޮތުން އެކި ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް ނުބައްލަވާށެވެ. ވަރަށް ހަރުދަނާ މިންގަނޑުތަކެއްގެ ތެރެއިން ޒަކާތާ ގުޅޭ ކަންކަން ދިވެހި ރާއްޖޭގަ ކުރިއަށް ދަނީ. މިނިސްޓަރަކަށް ހުންނަ މީހަކަށް، އޮފީހުގެ ވެރިއަކަށް ހުންނަ މީހަކަށް ޒަކާތަކުންނެއް ވައްކަމެއް ނުކުރެވޭނެ. އެއީ އެއްވެސް އިރެއްގަ ކުރެވޭ ކަމެއް ނޫން. އަދި އަމްދުން މިހާރަކު އެކަމެއް ނުކުރެވޭނެ. އެއީ ވައްކަން ކުރެވޭ ގޮތަށް ތަރުތީބު ވެފަ އޮންނަކަމެއް ނޫން އެއީކީ. މިނިސްޓަރަކު ބޭނުންވިޔަސް، ސެކެޓްރީއަކު ބޭނުންވިޔަސް، ޑިރެކްޓަރަކު ބޭނުންވިޔަސް ވާނެ ކަމެއް ނޫން އެއީ ޒަކާތުން ވައްކަން ކުރުން އެއީ. އެއަށްވުރެ މާ ހަރުދަނާކޮށް ތަރުތީބު ކުރެވިފަ އޮންނަ ނިޒާމެއް ޒަކާތުގެ ނިޒާމަކީ އެއީ. 
ހަމަ އެއާއެކުގަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ ޒަކާތު ހައުސްގެ ފަރާތުން ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ޣައްޒާއަށް އިންސާނީ އެހީގެ ގޮތުގަ އެއްލައްކަ ޑޮލަރު ފޮނުވުމަށް އަޅުގަނޑުމެންވާނީ ނިންމާފަ. އެކަމާ ބެހޭގޮތުން ކުރަންޖެހޭ މުއާމަލާތްތައް ޤަތަރުގެ ރެޑްކްރޮސެންޓާއެކު މިހާރު ކުރިއަށް އެބަދޭ. ސިޓީބިޓީ ބަދަލްކުރެވި ފައިސާ ޓްރާންސްފާރ ކުރުމުގެ މަރުޙަލާ މިހާރު ކުރިއަށް ދަނީ. އިރަދުކުރެއްވިއްޔާމު އެކަންތައް ރަސްމީކޮށް އެ އޮންނަ މިންގަނޑުގެ ތެރެއިން، އުސޫލުތަކުގެ ތެރެއިން ކުރިއަށް ދަނީ. 
އިންސާނީ ކާބޯ ތަކެއްޗަށް ކޮށްދޭ އެހީއެއްގެ ގޮތުގަ. މީ ދިވެހިރާއްޖޭގެ ތާރީޚުގަވެސް ބޭރުގެ ފަރާތަކަށް ދިވެހިރާއްޖޭގެ ޒަކާތުގެ އިދާރާއިން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު. އަޅުގަނޑުގެ މައުލޫމާތު ކުށްކަމުގައި ނުވާނަމަ. އެހެންވީމަ އެއީ ވަރަށް ރަނގަޅު ފިޔަވަޅެއް އެއީ. އޭގެ މާނައަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ގެ ނުވަތަ ޒަކަތު ހައުސް ކުރިއށް މިދަނީ ވަރަށް ރަނގަޅު މަގަކުން ކަން. އިންސާނީއެހީތެރިކަމާއި އިސްލާމީ އަޚްވަތްތެރިކަމާއި ހުރިހާ ގޮތަކުންވެސް ރިއާޔަތް ކުރެވިގެން ކަން. އެހެންމަ ދިވެހި ރައްޔިތުންގެ ފައިސާ އަމާނާތްތެރިކަމާއެކުގަ އޭގެ ޙައްޤުވެރިންނަށް އިރާދުކުރެއްވިއްޔާމު ޖަމާ ކޮށްދޭނަން. 
ޒަކާތާ ބެހޭގޮތުން އަޅުގަނޑު ދަންނަވާނީ ރައީސްގެ މެނިފެސްޓޯގަ ބަޔާންކޮށްފައިވާ އަމާޒަށް މިހާރު ވަނީ ހާސިލްވެފައޭ އިރާދުކުރެއްވިއްޔާމު. ދެން ކުރިއަށް އޮތީ އެކަން އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމޭ. މި 5 އަހަރުވެގެން ދާއިރުގަ ﷲ އިރާދުކުރެއްވިއްޔާމު ދިވެހިރާއްޖޭގަ ހުންނާނީ ދުނިޔޭގެ ފެންވަރުގަވެސް ފާހަގަ ކޮށްލެވޭ ޒަކާތުގެ އިދާރީ ނިޒާމެއް އިންޝާﷲ. 
ޒަކާތުގެ ނިޒާމް އިތުރަށް ތަރައްޤީ ކުރުމަށްޓަކާ އިސްލާމިކް ޑިވަލޮޕްމަންޓް ބޭންކް އައި.ޑީ.ބީ އާއި އަދި ކުވެއިތްގެ ޒަކާތު ހައުސްއާ އަޅުގަނޑުމެން ދަނީ މަޝްވަރާ ކުރަމުން. މަޝްވަރާ ކުރަމުން މިދަނީ އިތުރަށް ހަރުދަނާ ކުރުމާއި އަދި މީހުން ތަމްރީނު ކުރުމާއި، ޒަކާތުގެ ޝަރިއްޢާ ބޯޑުގަ ތިއްބަވާ ޢިލްމުވެރިންވެސް އިތުރަށް ތަމްރީނު ކުރުމާއި މި ކަންކަމާ ބެހޭގޮތުން. އެހެންވީމަ އަޅުގަނޑުމެން އުންމީދަކީ އިރާދުކުރެއްވިއްޔާމު ވަރަށް ރަނގަޅު މުއައްސަސާއަކަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވެގެން ދާނެކަމަށް. 
- ނޫސްވެރިންގެ ބައްދަލުވުމުގަ އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް މިއަދު ދެއްކެވި ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ