ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ، ހާލު ރަނގަޅު

ހުޅުމާލެ ހިޔާ ފްލެޓުތަކާ ދިމާލުން މޫދަށް ފޭބިފަހުން ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ގެއްލިގެން ހޯދަމުންދިޔައީ ފުވައްމުލައް ސިޓީގެ 37 އަހަރުގެ އިބްރާހިމް ޝާހިން ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ މިރޭ 21:30 ގައެވެ.
ގެއްލުނުކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް އަދި މެރިން ޕޮލިސް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފެށިއިރު މިރޭ 11:50 ހާއިރު އޭނާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އޭނާ ފެނުނީ ހުޅުމާލެ ދެވަނަ ފިޔަވަހިން ކަމަށާއި ފެނުނުއިރު ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ