އޭވިއޭޝަން ދާއިރާގެ ބޮޑު ކޮންގްރެސް މިއަދު ފަށަނީ

"އެއާ ސާވިސް ވޯލްޑް ކޮންގްރެސް 2024" އަކީ އެއާޕޯޓުތަކާއި އެއާލައިންތައް ގުޅުވައިދޭ އެންމެ ބޮޑު ކޮންގްރެސް އެވެ.
ދުނިޔޭގެ އެކިސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއާ ސާވިސް ވޯލްޑް ކޮންގްރެސް މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ.
މި ކޮންގްރެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން ބުރާސްފަތި ނިޔަލަށް ކުރުނބާ މޯލްޑިވްސްގައެވެ. ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރި ވުމަށް ވަނީހަމަޖެހިފައެވެ.އެމްއޭސީއެލުން ބުނީ މި ކޮންގްރެސްގެ އެކި ހަރަކާތްތައް ތިން ރިސޯޓެއްގަައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ކޮންގްރެސްއަށް ވަޑައިގެންނަވާ މަންދޫބުންނަށް މަރުހަބާކިޔުމަށް ބާއްވާ ހާއްސަ އިވެންޓް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި މިއަދު ހަވީރު ކުރިއަށްދާނެއެެވެ. ނެޓްވޯކިންގެ ހާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެއެވެ. އަދި ގޮންގްރެސްގެ ރަސްމީ ބައިތައް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައެވެ.މީގެ އިތުރުން، މި އިވެންޓްގައި ބައިވެރިވާ މަންދޫބުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނޫވިލު ސީޕްލޭން ޓަރމިނަލްގެ ޓުއަރއެއް މިއަދު ހެދުނު ވަނީ ދެވިފައެެވެ.އަދި މި ކޮންގްރެސްގެ ސީޕްލޭން ޕާޓްނަރ، ޓްރާންސް މޯލްޑިވިއަން އެއަރލައިނުންސީޕްލޭން ޓުއަރ އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކޮންގްރެސްގެ ބައިވެރިންނަށް ވަނީ ދެވިފައެެވެ.އެއާ ސާވިސް ވޯލްޑް ކޮންގްރެސްއާ އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދާނެ އެވެ. މި ކޮންގްރެސްގެ ތެރެއިބް މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.ރާއްޖޭގެ ވައިގެ ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅި ލާމެހިގެން ކުރިއަށްދާ ސިނާއަތަކަށް ވުމާއިއެކު، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސްކޯޕަރޭޝަން (އެމް.އެމް.ޕީ.އާރ.ސީ)އާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މި ކޮންގްރެސްގެ ތެރޭގައި މަސައްކަތްތަކެއް ކުރެވިގެން ދާނެއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ޚާއްސަ ސްޓޯލްއެއް ވަނީ ތައްޔާރުކޮށްފައެވެ.އެއާ ސާވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަބައްދަލުވުމެކެވެ. މި އިންވެންޓް ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ. މިއީ މިކޮންގްރެސް ބާއްވާ 7 ވަނަ ފަހަރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ