"ކަރަންޓު ބިލު ކުޑަކުރަން ތެލަށް ބަރޯސާވާ ވަރު ކުޑަކުރަަންޖެހޭ"

ރާއްޖެއަކީ މުޅިންހެން ތަލަށް ބަރޯސާވެފައި އޮތް ގައުމެއްކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ ތެލަށް ބަރޯސާވާ މިންވަރު މަދުކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ކަރަންޓު ކުޑަކުރަން ތެލަށް ބަރޯސާވާ މިންވަރު މަދުކުރަންޖެހޭ ކަމށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ވިދާޅުވެއްޖެ އެވެ. 
ޝުޖާ މިފަދައިން ވިދާޅުވީ ކަރަންޓު އަގު ބޮޑުވެފައިވާތީ ކަރަންޓު އަގުބޮޑުވުމަށް މެދުވެރި ސަބަބު ސާފުކޮށްދިނުމަށް ގޮވައިލާ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. 
ރާއްޖެއަކީ މުޅިންހެން ތަލަށް ބަރޯސާވެފައި އޮތް ގައުމެއްކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ ތެލަށް ބަރޯސާވާ މިންވަރު މަދުކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 
އެގޮތުން މި ސަރުކާރުން އިއާދަކުރަނަވި ހަކަތައިގެ ބޮޑު މަޝްރޫއެއް ހިންގުމަށް އެސްއީޒެޑް ގާނޫނުގެ ދަށުން ކެނަޑާ ކުންފުންޏަކަށް ހުއްދަ ދީފައިވާކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ އެއީ ތެލަށް ބަރޯސާވާ މިންވަރުކުޑަކުރަން އެޅި ފިޔަވަޅެއް ކަމަށެވެ. 
"ރައީސް ޑރ. މުހައްމަދު މުއިޒުގެ ސަރުކާރުން އެސްއީޒެޑްގެ އެޕްރޫވަލް ނުވަތަ ޕްރޮޖެކްޓެއް ހިންގަން އެންމެ ފުރަތަމަ ދެއްވީ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް ހިންގަން. އެއީ ކީއްކުރަންތޯ؟ އެއީ ތެލަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރަން،" ޝުޖާ ވިދާޅުވި އެވެ.
އިތުރަށް ޝުޖާ ވިދާޅުވީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވި އިއާދަކުރަނަވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވުމުން ކަރަންޓުގެ އަގުހެޔޮވާނެ ކަމަށެވެ. އަދި އެކަން ކުރާނީ މި ސަރުކާރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 
ސްޓެލްކޯއިންވަނީ އެ ކުންފުނިން ކަރަންޓުގެ ހިދުމަތްދޭ ރަށްތަކުގެ ތެރެއިން ފަސް ރަށެއްގައި މި އަހަރު ނިމުމުގެ ކުރިން ބެޓަރިން ކަރަންޓު އުފައްދަން ފަށާނެކަން އިއުލާނުކޮށްފަ އެވެ. 
އެ ކުންފުނިން ބުނާ ގޮތުގައި އިއާދަކުރުވަނިވި ހަކަތައިގެ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރަން ސްޓެލްކޯއިން އަންނަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ