މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދުސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް
ލަފާކޮށް ހއ.އަތޮޅުން ދ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ
އިދާރާއިން ނެރެފައިވާ ހުދު ސަމާލު ގައި ބުނެފައިވަނީ ހއ.އަތޮޅުން ދ.އަތޮޅަށް ހެނދުނު
8:00 މެންދުރު 1:00 އާއި ދެމެދު ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއި އެކު ވިލާގަނޑުގައި
ގަޑިއަކު 40 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކޮށްފައެވެ.
މީގެ އިތުރުން ރޭ ފަތިހު
5:30 ހުން ފެށިގެން މިއަދު ހެނދުނުގެ 8:00 އަށް ހއ.އަތޮޅުން ރާ އަތޮޅަށް، ބޯކޮށް
ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ވަނީ ނެރެފައެވެ.
ދުވަސް ވަރަކީ ވިއްސާރަ ދުވަސް ވަރެއް ކަމުން ދަތުރުފަތުރު
ކުރުމުގަޔާއި ޢާންމު ދިރިއުޅުމުގައިވެސް ވަނީ ސަމާލުވާން ޖެހިފައެވެ. ނިމިދިޔަ
ސެޕްޓެމްބަރު މަހު ކުރި ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށުން ޖުމްލަ84 ގެއަކަށް ވަނީ ގެއްލުންވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ