24 ގަޑިއިރު ތެރޭ ޣައްޒާއިން 350 މީހަކު ޝަހީދުވެއްޖެ

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ޣައްޒާގެ އެކި ތަންތަނަށް ހަމަލާދީ 350 މީހަކު ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ މީހުންގެ ޖުމުލަ އަދަދު މިހާރު 17،177 އަށް އަރާފައިވާ ކަމަށެވެ. އަދި 46،000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެްވެސް ބުނެފައި ވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 350 މީހަކު ޝަހީދުވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްރާއީލުގެ ނިރުބަވެރިން ޣައްޒާގެ އެތަންމިތަނަށް ހަަމަލާތައް ދެމުންގެންދާއިރު، ޝަހީދުވި ގިނަ މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނެއެވެ. މިގޮތުން ޣައްޒާއިން އެކަނި 7،112 ކުޑަކުދިން ޝަހީދުވެފައި ވެއެވެ.
ހުޅަނގު އައްސޭރީގައިވެސް އިސްރާއީލުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް 266 މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި 63 ކުޑަކުއްޖަކު ހިމެނެއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ