މެމްބަރު ހައިތަމް އެމްޑީޕީން ވަކިވެއްޖެ

މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހައިތަމް އެންޑީޕީން ވަކިވެއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) ވަނީ ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވި ކަމުގެ ސިޓީ ޕާޓީ އޮފީހަށް މިއަދު ލިބިފައިވާ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މެމްބަރު ހައިތަމް އެމްޑީޕީން ވަކިވެފައިވަނީ އުސޫލުތައް ގަބޫލު ނުކުރެވޭ ކަމަށް ބުނެއެވެ.
ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންނެވިއިރު، މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ