އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށްދޭނަން: ޑރ. މުއިއްޒު އެމްޑީޕީގެ ވެރިކަން ގެއްލޭ ކޮންމެ ފަހަރަކު އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ އައްޑޫ ރައްޔިތުންނަށް އިންތިހާބަށް ތިން ދުވަސް، ދެ ކެންޑިޑޭޓުންވެސް އައްޑޫގައި ކިތަންމެ ވަރަކަށް ޒާތީ ވާހ

ޕީއެންސީގެ ވެރިކަމުގެ ދައުރު ނިމޭއިރު އައްޑޫ ސިޓީގައި ގެދޮރުވެރިކަން ޔަގީންނުވާ އެއްވެސް މީހަކު ނުހުންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޔެ އައްޑޫ ސިޓިއަށް ކުރެއްވި ދަތުރުގައި މުއިއްޒު ވިދާޅުވީ ވީ އެ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމަށެވެ. އައްޑޫ ސިޓީގެ ރައްޔިތުން އުންމީދުކުރައްވާ މަންޒަރު ހަގީގަތަކަށް ހަދައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން މުއިއްޒު ވިދާޅުވީ ޕީއެންސީގެ ވެރިކަމެއްގައި ހައުސިން މަޝްރޫތައް ހިންގައި، ގެދޮރު ބިނާކުރަން ލޯނު ދެއްވާނެކަމަށެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ އޭނާގެ ވިސްނުންފުޅަކީ ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ރާއްޖެ ތަރައްގީކުރުން ކަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ވާނީ އޭރުން ކަމަށެވެ.
މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނިންމެވި “ރަސްރަނި ބަގީޗާ” ފަދަ ރީތި ޕާކުތަކެއް އޭނާގެ ވެރިކަމެއްގައި ކޮންމެ ސިޓީއެއްގައި ވެސް އަޅުއްވައިދެއްވާނެކަމުގެ ޔަގީންކަން މުއިއްޒު ވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ