މަޖްލިސް ޓިކެޓް ދޭ ގޮތަށް މެމްބަރު ސިރާޖު ޕީޕީއެމްއަށް ސޮއިކޮށްފި

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާގެ ޓިކެޓު ޕީޕީއެމްއިން ދޭގޮތަށް އެއްބަސްވުމުން އެދާއިރާގެ މެމްބަރު މޫސާ ސިރާޖު ޕީޕީއެމްއަށް ސޮއިކޮށްފިއެވެ.
ފޮނަދޫ ދާއިރާގެ މެމްބަރުކަން މިހާރުވެސް ކުރައްވާ ސިރާޖު މަޖްލިސްއަށް އިންތިހާބުވީ އެމްޑީޕީންނެވެ. ނަމަވެސް ދާދި ފަހުން ސިރާޖުވަނީ އެމްޑީޕީން ވަކިވެ ޕީއެންސީ/ޕީޕީއެމް ކެންޑިޑޭޓު ޑރ. މުއިއްޒުއަށް ތާއިދު ކުރަން ފައްޓަވާފައެވެ.
ސިރާޖު ޕީޕީއެމްއަށް ސޮއި ކުރީ އަންނަ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން މަޖްލިސްގައި ވާދަކުރުމަށް އެޕާޓީގެ ޓިކެޓު ލިބޭނެކަން ކަށަވަރު ކުރުމަށްފަހުއެވެ. ސިރާޖު އާއި އެކު އެދާއިރާއަށް ކުރިން ވާދަކުރެއްވި އަބްދުއް ރަހީމް އަބްދުއްالله އަންނަ ދައުރުގައި މަޖްލިސްއަށް ވާދަ ނުކުރަން ވަނީ ނިންމަވާފައެވެ.
އަދުރޭ ފޮނަދޫ ދާއިރާއަށް ވާދަ ނުކުރައްވަނީ ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މިނިސްޓަރއަކަށް ވަޑައިގަތުމަށެވެ. މައުލޫމާތު އެނގޭ މީހަކު ބުނީ މުއިއްޒުގެ ވެރިކަމެއްގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަކީ އަބްދުއް ރަހީމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ