ޗާގޮސް މައްސަލައިގަ ވަކި އިތުރު މޮޅުގޮތެއް ނުހޯދޭނެ: ޑރ. ޝަހީދު

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމީ ރާއްޖެއަށް އެންމެ ބޮޑު މޮޅު ލިބޭ ގޮތަށް ކަމަށް ކުރީގެ ހާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ އެމްއާރްއެމްއިން އިއްޔެ ކޮށްފައިވާ ޓްވީޓަކަށް ދެއްވި ރައްދެއްގައެވެ.
ޑރ. ޝަހީދު ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ރާއްޖެއަށް ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށާއި، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ ޓީމުން އެމައްސަލައިގައި ވަރަށް ފުރިހަމަ މަސައްކަތެއްް ކުރައްވާފައިވާކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވި ގޮތުގައި މި މައްސަލައިގައި އާންމުންގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވަނީ ފުރިހަމަ މައުލޫމާތު ލިބިފައިނުވާތީ އެވެ.
ޑރ. ޝަހީދު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލާގައި ރާއްޖެއިން ވަކާލާތުކޮށްގެން ހޯދި ސަރަހައްދަށްވުރެ އިތުރަށް އެ މައްސަލައިގައި ހޯދޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާ އަދި އެއަށްވުރެ ރަނގަޅު ނިންމުމެއް ކޯޓުން ނުވެސް ނިންމޭނެ ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސް އިން ނިންމީ އެޕްރީލް 28 ވަނަ ދުވަހު އެވެ.
ޑރ. ޝަހީދު ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ރާއްޖެއާއި މޮރިޝަސްގެ ސަރަހައްދީ އިން ވަކިކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ