މި ޕްރޮގްރާމްގެ ދަށުން ލީގަލައިޒް ވެވޭނީ ރާއްޖެއަށް މަސައްކަތް ކުރުމުގެ ހުއްދައެއްގެ ދަށުން އެތެރެވެ، މިހާރު ވިސާގެ މުއްދަތު ހަމަވެފައިވާ މީހުންނާއި ކާކުކަން އަންގައިދޭ ލިޔުމެއް ނެތި އުޅޭ މީހުންނަށެވެ. ވަޒީފާ ދޭ ފަރާތުން ފިލައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވާ ބިދޭސީންނަށް މި ފުރުސަތު ލިބޭނީ، މި ހިނގާ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެކްސްޕެޓް ސިސްޓަމްގައި އެމީހަކު ފިލައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވާނަމައެވެ. މީގެ އިތުރުން އެ މީހަކީ ބްލެކްލިސްޓް ކޮށްފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި މީގެ ކުރިން ލީގަލައިޒްވުމުގެ ފުރުސަތު ހޯދާފައިވާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަން ޖެހޭނީ “އެކްސްޕެޓް ސިސްޓަމް” މެދުވެރިކޮށް، އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތުންނެވެ. މިގޮތަށް ލީގަލައިޒް ވާއިރު، އެމީހަކަށް އެންމެ ފަހުން ވޯކް ޕާމިޓް ދޫކުރި ފަރާތް ނޫން އެހެން ފަރާތެއްގެ ވަޒީފާއަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެއެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 1485 އަށް ގުޅުމަށް ނުވަތަ މިނިސްޓްރީއަށް މެއިލް ކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.
މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރާ ތަނަކުން 18 ބިދޭސީއަކު ހިފަހައްޓައިފި ކޯޓަށް ހާޒިރުކުރުމަށް ބިދޭސީއަކު ހޯދަނީ ވާރކް ޕާމިޓް މެޑިކަލް އެގްޒެމިނޭޝަންގެ ޚިދުމަތްދޭ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީވުމަށް އަންގައިފި ފުލުހުން ތަހުގީގު ކުރަމ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ