ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ޖެހިޖެހިގެން ފަހަތަށް ގައުމު ސޮއްސާލުމަކީ ހިތާމަހުރި ކަމެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.
މި ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ ވަކި އަތަކަށްނުޖެހި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރު ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ.
“އިންސާނީ ކަރާމާތް ދަމަހައްޓާ، ތެދުވެރި ކަމާއެކު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން އަދާކުރަންޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް ދަތިކޮށްގެން ނުވާނެ” ގާސިމް ވިދާޅުވެފައިވެއެވެ.
Dhuniyege Noosveri kamuge Dhuvahuge Heyo Edhumaai Thahniyaa Enmmehaa Noos verinnah Aris Kurameve.
Vaki athakah nujehi insaafuverikamaaa eku, Raiyyithunnah khabaraa Mauloomaaathu genesdheyne Noos veri kamakee Democracy eh gai 4 vana baaru kameee ehvves shakkeiy oiy kameh…
— Qasim Ibrahim (@qasimibrahim) May 3, 2023
ގާސިމް މިހެން ވިދާޅުވެފައިވާއިރު ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޭންކިންގައި ރާއްޖެ އަންނަނީ އަހަރެއް އަހަރަކަށް ފަހަތައް ވެއްޓެމުންނެވެ.
Your email address will not be published. Required fields are marked *
ހިޔާލު * document.getElementById("comment").setAttribute( "id", "a638623415bb3aa00d0454a6066f8195" );document.getElementById("bb7c1a6aaf").setAttribute( "id", "comment" );
ނަން
Δdocument.getElementById( "ak_js_1" ).setAttribute( "value", ( new Date() ).getTime() );
Email: [email protected] | Phone: +960 9770541Address: M. Golden Bones, 3rd Floor, Male’ Maldives© Copyright 2020, Dhuvas.mv, All Rights Reserved
ނޫސްވެރިކަމުގެ މިނިވަންކަން ސޮހިގެންދާތީ ހިތާމަކުރަން: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ