މާލެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

މާލެ ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، މިރޭ 22:18 ހާއިރު މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިއާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ހަރަކާތްތެރިވެފައިވާ ކަމަށާއި، ކުރި މަސައްކަތުން 22:40 ހާއިރު މި އަލިފާންގަނޑު ނިއްވާލެވިފައިވާކަން އޮފިޝަލް ހާމަކުރެއްވިއެވެ.
އަލިފާން ރޯވީ މާފަނުންގައި ހުންނަ ޔަމްޔަމް ނަމަކަށްކިޔާ ގޭގައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު، ފަހުން ހިއްސާކުރާނެކަމަށް އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ