ދިރާސާގައި ބޭނުންކޮށްފައިވަނީ ޑޮކްޓްރިނަލް ލީގަލް ރިސާޗް މެތަޑެވެ. އެގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ ގާނޫނީ ނިޒާމު ރާއްޖޭގައި އޮންނަ ގޮތް ދެނެގަތުމަށް ކަމާ ގުޅުން ހުރި ގާނޫނީ ލިޔެކިޔުން ދިރާސާ ކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ހާއްސަ ގާނޫނެއް ހަދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ލަފާ ދީފި އެވެ.
އޭސީސީ އިން މި ލަފާ ދީފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ދިވެހިރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން އެ ކޮމިޝަނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ދިރާސާ ރިޕޯޓްގައެވެ. އެ ރިޕޯޓް މިހާރު ވަނީ އާންމުކޮށްފައެވެ.އޭސީސީ އިން ބުނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ދިވެހިރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބަލާފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގައި އެކަށައެޅިފައިވާ ނިޒާމުތަކާއި ގާނޫނީ އޮނިގަނޑު އޮތް ގޮތާއި އެކަމުގައި ހުރި މައްސަލަތަކުގެ މައްޗަށެވެ.މިގޮތުން މި ދިރާސާގެ މައިގަނޑު މަގްސަދަކީ ކުށްކުރުމުގެ ސަބަބުން ދައުލަތުން ގެއްލިގެންދާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން އެ ނިޒާމުގެ މުއައްސަސީ އޮނިގަނޑާއި ގާނޫނީ އޮނިގަނޑު އޮތްގޮތް ދިރާސާކޮށް މި ނިޒާމުގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަތުމެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރުމަށް އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށް ފެންނަ ކަންކަން ފާހަގަކޮށް އިރުޝާދާއި ލަފާ ދިނުމެވެ. ދިރާސާގައި ބޭނުންކޮށްފައިވަނީ ޑޮކްޓްރިނަލް ލީގަލް ރިސާޗް މެތަޑެވެ. އެގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ ގާނޫނީ ނިޒާމު ރާއްޖޭގައި އޮންނަ ގޮތް ދެނެގަތުމަށް ކަމާ ގުޅުން ހުރި ގާނޫނީ ލިޔެކިޔުން ދިރާސާ ކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ ކަމުގައިވީނަމަވެސް މިވަގުތު ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ގާނޫނަކުން ނައްސުން ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާކަން ފާހަގަ ކޮށްފައެވެ. އެހެން ކަމުން އެފަދަ ގާނޫނެއް ހެދުމަށް ލަފާދީފައިވެއެވެ. އަދި އެސެޓް ރިކަވާ ކުރުމަށް ވަށާ ޖެހޭ ގާނޫނެއް ނެތުމުން ދިމާވާ ގޮންޖެހުންތައްވެސް ވަނީ ފާހަގަކޮށްފައެވެ.އެ މައްސަލަތައް ހައްލު ކުރުމަށް ނިޒާމަށް ގެންނަން ފެންނަ މައިގަނޑު 8 ލަފާ މި ދިރާސާ ކަރުދާހުގައި ހުށަހަޅާފައިވެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ހާއްސަ ގާނޫނެއް ހަދަން ލަފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ